އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ތައްޔާރުކުރާ ފިލްމު "މަޒުލޫމް"ގެ ފަހު ޗެޕްޓަރުގެ ފަސްޓް ލުކު ދައްކާލައިފި އެވެ.

އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށް "މަޒުލޫމް" ގެ ނަމުގައި ގެނެސްދެމުން އަންނަ ކުރު ފިލްމު ސީރީޒްގެ ފަހު ޗެޕްޓަރުގެ ނަމަކީ "ހިންތާ" އެވެ.

"ހިންތާ"ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ މަރްޔަމް އައްޒަ، އާއިޝަތު އަލީ، ސިމްބާ، ރަވީ ފާރޫޤް، އަލީ އުސާމް (ދޮނާ)ގެ އިތުރުން އާއިޝަތު ލަހުފާ (ލަހޫ) އެވެ.

ހިންތާ" ގެ ޓީޒާ ޓްރެއިލާއެއް ވެސް މިހާރު އާންމު ކޮށްފައިވާ އިރު، "މަޒުލޫމް" ގެ އެހެން ބައިތަކުގައި ގެނެސްދީފައިވާ ގޮތަށް މިބައިގައިވެސް އިޖުތިމާއީ މައްސަލައަކަށް ވަނީ އަލިއަޅުވާލާފަ އެވެ.

"ހިންތަ" ވެސް ނެރުމަށް ހަމަޖެހިފައިވަނީ ބައިސްކޯފު މެދުވެރިކޮށެވެ. މި ފިލްމު ވަރަށް އަވަހަށް ބެލުންތެރިންނަށް ފެނިގެން ދާނެއެވެ. ނަމަވެސް ތާރީހު އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

https://www.instagram.com/p/CXLxwBMJRSu/

"މަޒްލޫމް" ފުރަތަމަ ބައިގެ ގޮތުގައި ގެނެސްދިން އިރު ދެވަނަ ބައިގެ ގޮތުގައި ގެނެސްދިން "ޒައްރޫކު" އާއި ތިން ވަނަ ބައި "މިންޖު" ވެސް ވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފަ އެވެ.