ލޭ ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން "ތިކި"ގެ ނަމުގައި މުޅިން އައު އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.
ލ. އަތޮޅުގެ ޒުވާނުން އިސްނަގައިގެން ހުޅުވި މި އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްލާއިލެވެ.
"ތިކި" އެޕްލިކޭޝަނަކީ ލޭ ހަދިޔާ ކުރާ މީހުންނާއި ލޭ ބޭނުންވާ މީހުން، އެއް ޕްލެޓްފޯމަކަށް ގެނައުމަށްޓަކައި ހުޅުވާފައިވާ އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ލޭ ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން މި އެޕްލިކޭޝަން ލޯންޗުކޮށްފައިވާއިރު، ފުރަތަަމަ ފިޔަވަހީގައި ލ، ތ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގައި މި އެޕްލިކޭޝަން ބޭނުންކުރެވޭނެ އެވެ. އަދި ލޭ ހަދިޔާކުރާ މީހެއްގެ ގޮތުގައި ރަޖިސްޓާ ވާންޖެހޭނެ އެވެ.
ލޭ ހަދިޔާކުރުމަށްފަހު 90 ދުވަހަށް އެ ޑޯނަރަކު އެޕުން ގެއްލޭނެ އެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ލޭ އަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހުވެގެންދާނެ އެވެ.
މަސްތުވާތަކެތީގެ މައްސަލައިން ޝްރައްދާ އާއި ނޯރާ ސަލާމަތްވެއްޖެ
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން
އިޓަލީ ވޯލްޑް ކަޕަށް ގެންނަން އުޅޭތީ ފާޑުކިޔުން

މިހާރުވެސް އެޕެއް އޮވޭ ވިންދު ކިޔާ، މިހުންނަށް ނޭނގެނީ