މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާލެއިން ގެއްލިގެން ފުލުހުން ހޯދަމުންދިޔަ އަންހެން މީހާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ އޭނާ ގެއަށް ދިޔައީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށެވެ.

ގެއްލިގެން ހޯދީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު 33، އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 1:30ން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެ ދުވަހުގެ ރޭ 10:45 ގަ އެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް، ނުފެނި އެންމެ ފަހުން އޭނާ އަމިއްލައަށް ގެއަށް ދިޔައީ އެވެ.