ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރައީސަކަށް އިސްމާއިލް ހަމީދު (ހައިރައިސް އިއްސެ) އިންތިހާބުވެއްޖެ އެވެ.

ސޯލްޓް ކެފޭގައި އިއްޔެ އެ އެސޯސިއޭޝަންގެ އާންމު ޖަލްސާ ބާއްވާފައިވާއިރު، އެ ޖަލްސާގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރަށް އެންބީއޭއެމްގެ ބޯޑަށް ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ.

މި ޖަލްސާގައި އެންބީއޭއެމްގެ ނައިބު ރައީސަކަށް ހޮވާފައި ވަނީ އަބްދުﷲ އިބްރާހިމްފުޅެވެ. އަދި ހަޒާންދާރަކަށް އިންތިހާބުކޮށްފައިވަނީ އަހްމަދު އިބްރާހިމް އެވެ.

އެންބީއޭއެމް ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގައި ނުވަ މެންބަރުން މަސައްކަތް ކުރާނެ އެވެ.

ބޯޑިން އިންޑަސްޓްރޯއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ބޯޑިން އެސޯސިއޭޝަނެއް އެކުލަވައިލީ 2007 ވަނަ އަހަރުގަ އެވެ.

މި އެސޯސިއޭޝަން އެކުލަވާލުމާއެކު ވޭތުވެދިޔަ އަހަރުތަކުގައި ދިމާވެފައިވާ ގިންޖެހުންތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.