ކިމް ކާޑޭޝިއަންގެ ދަރިން ވެސް އޭނާގެ ލޯބިވެރިޔާ ކަމަށްވާ ޕީޓް ޑޭވިޑްސަން ދެކެ ލޯބިވާކަމަށް ކިމް ބުނެފި އެވެ.

ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ކިމް އާއި އޭނާގެ ލޯބިވެރިޔާ ޕީޓް އެންމެ ފުރަތަމަ ދިމާވީ، ކިމް ހޯސްޓުކުރި ލައިވްއަކުންނެވެ. އަދި އެއަށްފަހު އެދެ މީހުންގެ ގުޅުން އިތުރަށް ދިޔައީ ބަދަހިވަމުންނެވެ.

ހަމަ އެހެންމެ ކިމް އާއި ޕީޓް ވެސް އެކަކު އަނެކަކީ ލޯބިވެރިން ކަމަށް މީޑިޔާތަކަށް ވަނީ މައުލޫމާތުދީފަ އެވެ.

ކިމްގެ އައު ލޯބިވެރިޔާ، ޕީޓް އާއެކު އޭނާ ދިރިއުޅެން ފަށާފައިވާއިރު، ކިމް ވަނީ ޕީޓް އާއި އޭނާގެ ދަރިންނާ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް އެކަކު އަނެކަކަށް ތައާރަފްކޮށްދީ، އެކީގައި ވަގުތު ހޭދަކުރަން ފަށާފަ އެވެ.

ކިމް ބުނީ އޭނާގެ ދަރިންނަށް ވެސް މިހާރު ޕީޓް ކަމުދާ ކަމަށެވެ.

އިނގިރޭސި ނޫސްތަކަށް މި ހަބަރު ޖާގަހަދާފައިވާއިރު، ގިނަ ބަޔަކު ބުނަނީ މިއީ، ކިމްގެ ކުރީގެ ލޯބިވެރިޔާ އަދި ފިރިމީހާ ކާންޔޭ ވެސްޓު ކަންބޮޑުވާނެވަރުގެ ހަބަރެއް ކަމަށެވެ.

ކިމް އާއި ޕީޓް ލޯބީގެ ގޮތުން ގުޅުނީ ކާންޔޭ ވެސްޓް، އޭނާއަށް ބޭވަފާތެރިވުމާ ގުޅިގެން އޭނާ އާ ވަރިވެ ގުޅުން ކަނޑާލާފައި ވަނިކޮށެވެ. ހަބަރުތައް ބުނާގޮތުގައި، ކިމް އިތުރަށް ދެން ކާންޔޭ އާ ގުޅެން ބޭނުން ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.