ރާއްޖޭގައި ގަވައިދާ ހިލާފަށް ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އިން މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން 11 މީހަކު ހައްޔަރުކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތު ފުލުހުން ކޮށްފި އެވެ.
އިދިކޮޅު ކޯލިޝަންގެ ރަސްމީ އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ދިޔަ ހަރަކާތުގައި ބައިވެރިވި އެ ދެ ޕާޓީގެ ސަޕޯޓަރުން ވަނީ އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އަޑުއުފުލާފަ އެވެ.
ފުލުހުން ބުނީ މި ހަރަކާތުގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ނުވަ އަންހެނުންނާއި ދެ ފިރިހެނުންނެވެ.
ފުލުހުން އެ މީހުންގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅުގެ ހަރަކާތްތައް ރާއްވާ ހިންގުމުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެ އެވެ.
އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މިއަދު ފ. ނިލަންދޫގައި ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. އެ ހަރަކާތުގައި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވެ އެވެ.
އިންޑިއާ އައުޓް ކުރުމަކީ އެއީ ހަމައެކަނި ޕީޕީއެމް އިން ކުރަން ޖެހޭނެ ކަމެއް ނޫނޭ އެކަން ކުރަން ޖެހޭނެއޭ ޕޮލިހުން ވެސް ޕޮލިހުން ވެސް ވަކި ވަކި ފަރުދުންގެ ގޮތުގައި ވިސްނަންވީއޭ އިންޑިއާ އައުޓް އެގޮވަނީ އެއީ އިންޑިއާ ސިފައިންނާއި އަދި އިންޑިއާ އިން މިރާއްޖެއަށް އަރާ ތިބި ވަގު ވިޔަފާރިވެރިން ތަކެއް ބާލަން ވެގެން ގޮވާ ގޮވުން ތަކޭ މިއިން ފައިދާ ކުރާނީ އެއީ ސީދާ ދިވެހިންނަށޭ ޕޮލިހުންނަކީ ވެސް އެއީ ދިވެހިން ނޫންތޭ އިންޑިއާ އައުޓް ހަރަކާތް ޕޮލިހުން ނުހުއްޓުވާށޭ ޕޮލިހުން ނުހުއްޓުވާށޭ ޕޮލިހުން ނުހުއްޓުވާށޭ
ދެއްކޭނެ ހުއްޖަތެއް ސަބަބެއް ނެތިއްޔާ ދެން ކުރެވޭނެ ކަމަކީ ދެއްކޭނެ ބަހަނާއަކީ ފުލުހުންންގެ ދައުރަށް ހުރަސް އެޅިކަމުގެ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއިލްޒާމުތާ.!