ބަރުދަންލއި ކުރުމަށްޓަކައި އެކި މީހުން ގެންގުޅެނީ އެކި އުކުޅެވެ. މިއަދު މި ހިއްސާ ކޮށްލަނީ ހަތް ދުވަހުން ހަތް ކިލޯ ލުއި ކޮށްލެވޭނެ އުކުޅެކެވެ.

ދުވަސް 1 - މޭވާ

ފުރަތަމަ ދުވަހަކީ އެންމެ މުހިންމު ދުވަހެވެ. ސަބަބަކީ އެންމެ ހަތް ދުވަހުން ތިމާގެ ރީތި ކަން ގެނައުމަށްޓަކައި އެންމެ ފުރަތަމަ ބިންގާ އަޅަން އުޅޭތީ އެވެ. އެހެންކަމުން ފުރަތަމަ ދުވަހުގައި ކާން މިޖެހެނީ މޭވާ އެކަންޏެވެ. ކާހިއްވާ އަދި ފަސޭހައިން ލިބޭ މޭވާއެއް ރަނގަޅުވާނެ އެވެ. އެހެންނަމަވެސް ހަނދާން ބަހައްޓަން ޖެހޭކަމަކީ ފުރަތަމަ ދުވަހު ދޮންކެޔޮ ނުކެވޭނެ ކަމެވެ. 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ. މިދުވަހު އެހެން އެއްވެސް އެއްޗެއް ބޭނުން ކޮށްގެން ނުވާނެ އެވެ. މާ ބޮޑަށް ބަނޑުހައިވާނަމަ އިތުރަށް މޭވާ ކައި ފެން ބޯށެވެ.

ދުވަސް 2 - ތަރުކާރީ

މިދުވަހު ބޭނުން ވައްތަރެއްގެ ތަރުކާރީ އެއް ފެނުކައްކައިގެން އަދި ރޮލަށްވެސް ބޭނުން ކުރެވިދާނެ އެވެ. މީގެ ވިސްނާލަން ޖެހޭ ތަންކޮޅަކީ އެއްވެސް ވަރަކަށް ތެޔޮ ބޭނުން ނުކުރުމެވެ. ބޭނުން ނަމަ ފެނުކެއްކި އަލުވި ހެނދުނު ބޭނުން ކުރެވިދާނެ އެވެ. އެއިން ލިބިދޭ ހަކަތައިގެ ސަބަބުން މުޅި ދުވަސް ތަރުކާރީއިން ހިފަހައްޓަން ފަސޭހަ ވާނެތީ އެވެ. ކުރިން ބުނި ފަދައިން މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ.

ދުވަސް 3 - މޭވާ އަދި ތަރުކާރީ

މި ދުވަހު ބޭނުން ކުރަން ވާނީ ތަރުކާރީ އާ މޭވާ އެކަންޏެވެ.ނަމަވެސް ދޮންކެޔޮ އަދި އަލުވި ބޭނުން ނުކުރެވޭނެ އެވެ. ބޭނުންނަމަ ހެނދުނު ތަރުކާރީ ބޭނުން ކުރުމައްފަހު މެންދުރު މޭވާ ބޭނުން ކުރެވިދާނެ އެވެ. ދެން ރޭގަނޑު މޭވާ އާއި ތަރުކާރީ އެއްކޮއްގެން ބޭނުން ކުރެވިދާނެ އެވެ. މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރަން ވާނެ އެވެ.

ދުވަސް 4 - ދޮންކެޔޮ އަދި ކިރު

މިދުވަހު މަދުވެގެން 8 ނުވަތަ 10 ހަ ވަތް ދޮންކެޔޮ ބޭނުން ކުރަން ވާނެ އެވެ.ހަމަ އެހެންމެ ތިން ތަށި ކިރު ބޯންވާނެ އެވެ. ހަތަރު އިރަށް ބަހާލައިގެން ބޭނުން ކުރުމުން ބަނޑުހައި ވާހެން ވެސް ހީނުވާނެ އެވެ. މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ވާނެ އެވެ.

ދުވަސް 5 - ޓޮމާޓޯ

މި ދުވަހަކީ ތިބޭފުޅުން ގެ އީދު ދުވަސް ކަމައްބަލާށެވެ. އެހެނީ މި ދުވަހު ގެ ކެއުމުގައި ބަތް ހިމަނާ ފައިވާތީއެވެ. މެންދުރު އެއްޖޯޑު ބަތް ކާށެވެ. އަދި 6 ނުވަތަ 7 ޓޮމާޓޯ އެކިގަޑިއައް ބަހާލައިގެން ކާށެވެ. ހަށިގަނޑުގައި ޔޫރިކް އެސިޑް އުފެދިދާނެތީވެ 12 ނުވަތަ 15 ތަށި ފެންބުއިން މުހިންމެވެ.

ދުވަސް 6 - އެއްޖޯޑު ބަތް

މިއަދު މީ އީދުގެ ދެވަނަ ދުވަހެވެ. މިއަދުވެސް މެންދުރު ކެއުމަށް އެއްޖޯޑު ބަތް ބޭނުން ކުރާށެވެ. ދެން ދުވަހުގެ އެކިގަޑިއަށް ބަހާލައިގެން ތަރުކާރީ ކާށެވެ. މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ. ހަމަ ޔަގީނުންވެސް މިއަދު ހަށިގަނޑަށް ފަސޭހަވެފަ ހަޖަމުކުރަން ފަސޭހަވާނެ އެވެ.

ދުވަސް 7 - މޭވާ އަދި ތަރުކާރީ

މިއަދަކީ ޑައިޓް ތާވަލް ގެ ފަހު ދުވަހެވެ. މިއަދު ކެއުމުގައި އެއްޖޯޑު ބަތް އަދި ތަރުކާރީއާާއި އޭގެ އިތުރަށް މޭވާ ޖޫސް ތަށްޓެއް ބޭނުން ކުރެވިދާނެ އެވެ.

މި ޑައިޓަކީ ބަރުދަން ލުއިވުމުގެ އިތުރުން މޫނާއި ހަށިގަނޑުގެ ހަން އޮމާން ވެ އުޖާލާ ކޮށްދޭ ޑައިޓެކެވެ. ހަމަ އެހެންމެ މި ޑައިޓުން ހަޖަމްކުރަން ފަސޭހަވެ ހަށިގަނޑު ތާޒާ ކޮށްދޭނެ އެވެ.