ވައިގެ ތެރޭގައި ދަތުރު ކުރަމުން ދިޔަ އެއީ އޭޝިއާގެ ފްލައިޓެއްގެ ކެބިން ތެރެއިން ހަރުފައެއް ފެނި ޝެޑިއުލްގެ ބޭރުން އެމަޖެންސީ ލޭންޑިންއެއް ޖައްސަން ޖެހިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުން ދާ ވީޑިއޯއެއްގައި ފްލައިޓް ކެބިންގެ ލައިޓް ފިޓިން ތަކުގެ ތެރެއިން ހަރުފަ ދުވެފައި ދާތަން ފެނެ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަމްޕޫރުން ފުރައިގެން އެގައުމުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޓަވާއޫއަށް މިދިޔަ ހަފްތާގައި ދަތުރުކުރި އެ ފްލައިޓުގައި ދިމާވި ހާދިސާއަކީ މަދުން ނޫނީ ކުރިމަތިނުވާ ނާދިރު ހާދިސާއެއްގެ ގޮތުގައި އެއާ އޭޝިއާއިން ސިފަކުރި އެވެ.

ބޯޓުގައި ހަރުފައެއް އުޅޭކަން އެނގުމާއެކު ކެޕްޓަން ވަނީ ޓަވާއޫގެ 900 ކިލޯމީޓަރު ހުޅަނގުން އޮންނަ ކުޗިންގެ އެއާޕޯޓަށް ބޯޓުގެ އެމަޖެންސީ ލޭންޑިންއެއް ޖައްސައިފަ އެވެ.

އެއާއެކު ބޯޓުގައި ތިބި ފަސިންޖަރުން ވަނީ އެއާލައިންގެ އެހެން މަތިންދާބޓެއްގައި އެމީހުންގެ މަންޒިލަށް ގެންދެވިފަ އެވެ.

އެއާ އޭޝިއާއިން ވަނީ އެއްވެސް ވަގުތެއްގައި އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނާއި ކްރޫންނަށް ވެސް ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

މިކަމުގެ ވީޑިއޯ ދުށް ގިނަ ބަޔަކު ވަނީ މި ހާދިސާ 2006 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ސްނޭކްސް އޮން އަ ޕްލޭން" އާ ގުޅުވާފަ އެވެ.