ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހައްޔަރު ކުރަން އިންޓަރޕޯލްގެ ރެޑް ނޯޓިސް ނެރެފި އެވެ.
ދިވެހި ފުލުހުން މިއަދު ބުނީ އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލާގައި ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރި މުއައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އަލީ ވަހީދަށް ކޮށްފައިވާއިރު، އޭނާގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. ނަމަވެސް ކޯޓަށް ހާޒިރުނުވެ އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.
އަލީ ވަހީދު ގެނައުމަށް ފުލުހުން މަސައްކަތް ކުރަމުން ގެންދާއިރު، އެކަން ކުރެވޭނީ ސައްހަ ތަހުގީގަކުން ސައްހަ ދައުވާ ކޮށްގެން ކަމަށް އަލީ ވަހީދު ވަނީ ބުނެފަ އެވެ.
އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތައް އޭނާ ދޮގުކުރާއިރު، އޭނާ ވަނީ އެ ތުހުމަތުތަކަކީ ފްރޭމްކުރަން ކުރިކަމެއް ކަމަށް ބުނެފަ އެވެ. އަދި އެ ކަމުގެ ފަހަތުގައި ތިބީ އެމްޑީޕީގެ ބައެއް ބޭފުޅުން ކަމުގައި އޭނާ ވިދާޅުވި އެވެ.
އަރޫގެ ރަހަތަކުން އަރުތެރެ ފުރާލައިފި!
ނިދާ ހޭލާއިރު މޫޑު ގޯސްކޮށް ހުންނަނީ މިހެންވެ ކަމަށް ވެދާނެ!
ސިވިލް ސާވަންޓުން ކޮފީގައި ގިނަ ވަގުތު ހޭދަކުރުން ހުއްޓުވަން ޖެހޭ