އެމްޑަބްލިޔުއެސްސީ އިން އުފައްދައި، ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ތާޒާ" ބްރޭންޑްގެ ފެނުން ބެޓީރިޔާ ފެނިއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުގެ ސްޕޯކްޕާސަން މަރިޔަމް ޝިއުނާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އެމްޑަބްލިޔުއެސްސީއިން އުފައްދާ 500 އެމްއެލް އަދި 1.5 އެމްއެލްގެ ތާޒާ ފެން ފުޅިތަކުން ބެކްޓީރިޔާ ފެނިފައިވާ ކަމަށެވެ. އަދި 13،000 ތާޒާ ފެން ކޭސް ނައްތާލުމަށް އެމްޑަބްލިޔުއެސްސީން ނިންމާފައިވާ ކަމަށް ވެސް ޝިއުނާގެ ޓުވީޓްގައި ބުނެފައިވެ އެވެ. އަދި ހުޅުމާލޭގައި ހުންނަ އެމްޑަބްލިޔުއެސްސީ ފެން އުފައްދާ ކާރުހާނާ ބަންދުކުރުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.
މިކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.
"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑަބްލިޔުއެސްސީން އުފައްދާ ފެނުގައި ބެކްޓީރިޔާ ފެނުމުގެ ސަބަބުން ތާޒާ ފެން އުފެއްދުން ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް ތާނގީއެއްގައި ކާޅެއް ވެއްޓިފައިނުވާ ކަމަށާއި އެކަމަކީ ހުޅުމާލޭ ފެން އުފައްދާ ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށްވެ އެވެ.
މީގެ ކުރިން އެމްޑަބްލިޔުއެސްސީން ބުނެފައިވާ ގޮތުގައި އެތަނުން ދޫކުރާ ފެނަކީ ޑަބްލިޔުއެޗްއޯ އާއި އީޕީއޭ މިންގަނޑުތަކަށް ވުރެ ރަނގަޅު ފެނެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ފެން ތަހުލީލުކުރާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އެމްޑަބްލިޔުއެސްސީއިން އުފައްދާ ތާޒާ ފެން ބަންދު ކުރަނީ ތާނގީގައި ބަހައްޓާފައި ހުންނަ ފެނަކުން ނޫންނެވެ. އަދި ތާޒާ ފެން ބަންދުކުރަނީ ބިމުން ޑައިރެކްޓްކޮށް ނަގާ ފެން ޓްރީޓްކޮށްގެން ކަމަށްވެ އެވެ.

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ދިގުރަށުގައި ބޮޑު އަލިފާނުގެ ހާދިސާއެއް: ފަސް މަރު
"ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ދޭން އެދުނު"
އާއްމު ރައިއްޔަތުންގެ ދިރި އުޅުމާ މަރާ ގުޅިފާ ވާކަމެއް ފެނަކީ، މިފަދަ ކަމެއްގާ ފަރުވާކުޑަ ނުކުރެއްވުމަށް އެމްޑަބުލިއުއެސްސީއަށް ގޮވާލަން.