ބަނޑުގައި ވައި ހެދިގެން ނުވަތަ ގޭސްޓްރިކްވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމަކެވެ. އޭގެ ސަބަބުން ބަނޑު މާބޮޑަށް ފުފިފައި ހުރުމުން އޭގެ އުނދަގޫ އިހުސާސުތައް ކުރުވަ އެވެ.

މިގޮތަށް ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި:

  • ފިޒީ ޑްރިންކްސް ބުއިމާއި މާ ގިނައިން ހަކުރު ނުވަތަ ލޮނު ހުންނަ އެއްޗެހި އަދި ޕްރޮސެސްޑް ފުޑް އާއި ފައިބާ މަދުން ހުންނަ އެއްޗެހި ކެއުން.
  • ބަނޑުހަރުވުން
  • އެލާޖިކްވުން
  • ހޯމޯނަށް އަންނަ ބަދަލުތައް (ބައެއް އަންހެނުން ޕީރިއަޑްވުމުގެ ކުރިންނާއި ފަހުން ބަނޑު ފުފޭ ގޮތްވޭ)

މިކަންތަކަށް ހައްލު ހޯދޭނީ ސިއްހަތު ރަނގަޅު ލައިފްސްޓައިލެއް ހިޔާރުކޮށް، ގުދުރަތީ ގޮތްތަށް ބޭނުންކޮށްގެން ބްލޯޓް ވުމުން ދުރުވެވިދާނެ އެވެ.

  • ކެއުމުގައި ފައިބާ އިތުރުކުރުން
  • އެއްއިރު ކެއުމަށްފަހު އަނެއް އިރު ކެއުމާ ދެމެދު ގިނަ ވަގުތު ނުކުރުން
  • ހޫނު ފެނުން ފެންވެރުން
  • ކޮންމެ ދުވަހަކު ވެސް ހޭލައިގެން ހޫނު ފެންތައްޓެއް ބުއިން
  • ލޮނު ހިމެނޭ ބާވަތްތައް ކެއުން މަދުކުރުން
  • ގަވާއިދުން ކަސްރަތު ކުރުން