މާލޭގައި ކުރިއަށް ގެންދިޔަ ޑްރަގުގެ އޮޕަރޭޝަނެއް ތެރެއިން، ޕިކަޕަކަށް އަރުވަގެން ގެންދަނިކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުން މިރޭ އަތުލައިގެންފި އެވެ.
ފުލުހުން ޕިކަޕް ހިފަހައްޓާފައިވަނީ ސޯސަން މަގުން ދުއްވާފައި ދަނިކޮށް މިރޭ 8:30 ހާއިރު އެވެ.
އެ ޕިކަޕް ހިފެހެއްޓުމަށް ފަހު އޭގައި ހުރި ޑްރަގްސް ޕެކެޓްތައް މަގުމަތީ އަތުރައި ޕިކަޕް ފާސްކުރުމުގައި ފުލުހުން ގިނަ ވަގުތުތަކެއް ހޭދަކުރި އެވެ.
އަތުލައިގަތީ ކިހާ ޑްރްގްސްއެއް ކަމެއް އަދި އެއީ ކޮން ބާވަތެއްގެ ޑްރަގްސްއެއް ކަމެއް ފުލުހުން ހާމަކޮށްފައިނުވެ އެވެ.
މި އޮޕަރޭޝަނުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި، ދެ ބިދޭސީން އެވެ.
މިކަމާއި ގުޅިގެން ފުލުހުން ހަމައެކަނި ބުނީ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ. އިތުރު މައުލޫމާތު ހާމަކުރާނީ ފަހުން ކަމަށް ފުލުހުން ބުންޏެވެ.
"ޖޭމްސް ބޮންޑް"ގެ ގޮތުގައި އާ މޫނެއް؟
"ބިންޖް ވޮޗިން"ގެ ސަބަބުން ސިއްހަތަށް ގެއްލުންވޭ
ޅ. އަތޮޅުގައި ތަރައްގީ ކުރި ނަލަ މޯލްޑިވްސް ރިސޯޓް ހުޅުވައިފި