ސުޕީރިއާ ކޯޓެއްގެ ގާޒީ ކަމަށް ފުރަތަމަ ފަހަރު އަންހެން ބޭފުޅަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.
ސުޕީރިއާ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ފެމެލީ ކޯޓުގެ އިސް ގާޒީކަމުގެ މަގާމަށް ޖޭއެސްސީން ހަމަޖެއްސީ ހުޒައިފާ މުހައްމަދެވެ.
އެ ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހުޒައިފާއަށް މަގާމުގެ ފަތްކޮޅު ދެއްވީ ކޮމިޝަންގެ ރައީސް ހިސާން ހުސެއިން އެވެ.
ފެމެލީ ކޯޓުގެ އިސް ގާޒީކަމަށް އައްޔަނުކުރި ހުޒައިފާއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ހުޒައިފާ ފަނޑިޔާރުކަމަށް ފުރަތަމަ އައްޔަންކުރެއްވީ ރައީސް މައުމޫންގެ ދައުރުގައި ޖަސްޓިސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހުންނަވައިގެން 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ. އަދި މިއީ ރާއްޖޭގައި ގާޒީ ކަމަށް ފުރަތަމަ އައްޔަންކުރެއްވި ދެ އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނޭ އެއް ބޭފުޅެކެވެ. އަދި މިއީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީކަމުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
މޮޓޯއެކްސް އިން ހިތްގައިމު ރީތި ސީއެފް މޮޓޯ 150 ތައާރަފުކޮށްފި
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި
ދެން ކިހިނެއް އަދުލު އިންސާފު ގާއިމް ކުރާނީ؟