ބޮލީވުޑްގެ މަޝްހޫރު ތަރި ޔާމީ ގޯތަމްގެ އިންސްޓަގްރާމް އައިޑީ ހެކޮ ކޮށްފިކަމަށް އޭނާ ބުނެފި އެވެ.

ޔާމީ ޓްވީޓާގައި ކުރި ޓްވީޓެއްގައި ބުނީ، އޭނާއަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިންސްޓަގްރާމަށް ނުވަދެވޭ ކަމަށެވެ.

ޔާމީ ބުނީ، އޭނާއަށް އިންސްޓަގްރާމަށް ނުވަދެވޭތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި އެކައުންޓް ވަނީ ބަޔަކު ހެކް ކޮށްފައިކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އެކަމާއި ގުޅިގެން ޔާމީ ވަނީ އޭނާގެ އިންސްޓަގްރާމުން ހިނގައިދާނެ ކަންކަމަކީ އޭނާއާ ގުޅޭ ކަމެއް ނޫންކަމަށް ބުނެފަ އެވެ. އަދި އެކަމަށް ސަމާލުވުމަށް އާންމުންނަށް ޔާމީ ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭނާގެ ޓްވީޓަށް ރައްދުދެމުން ފޭނަކު ވަނީ، ޔާމީގެ އެކައުންޓުގައި އެއްވެސް އާދަޔާ ހިލާފު ކަމެއް ނުހިނގާކަމަށް ބުނެފަ އެވެ. އަދި ހެކް ކުރާ ބަޔަކު އޭނާގެ އެކައުންޓް ހެކް ކުރުމަށްފަހު ކުރާކަމެއް ސާފުނުވާކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އިތުރަށް ކޮމެންޓުކުރި ފޭނަކު ވަނީ ޔާމީގެ އެކައުންޓް ރިކަވާކުރެވިދާނެ ގޮތެއް ކޮމެންޓުކޮށްފަ އެވެ. އަދި ގިނަ ބަޔަކު ވަނީ ޔާމީގެ އެކައުންޓް އަލުން ޔާމީއަށް ލިބުމަށް އުންމީދުކުރާކަމަށް ބުނެފަ އެވެ.