ހޮލީވުޑްގައި ކުލަ ގަދަކޮށް އަހަރަކު އެއްފަހަރު ފާހަގަކުރާ ގްރޭމީޒް އެވޯޑު ހަފްލާގައި ހުށަހެޅުން ތެރިންގެ ލިސްޓުން ކާންޔޭގެ ނަން ކަނޑާލައިފި އެވެ.

އިނގިރޭސިވިލާތުގެ ނޫހުން ބުނީ އެ ލިސްޓުން ކާންޔޭ ކަނޑާލީ، އޮންލައިން ޕްލެޓްފޯމްތަކުގައި އޭނާގެ އަމަލުތައް ހުންނަ ގޮތުންކަމަށެވެ.

އެގޮތުން ގްރޭމީޒްގައި ކާންޔޭ ހުށަހެޅުމެއް ދޭން ހަމަޖެހުނުކަން ފާހަގަކޮށް، ޝޯގެ ސްޕޯކްސްޕާސަން ވަނީ ނޫސްތަކަށް މައުލޫމާތުދީފަ އެވެ. އޭނާ ބުނިގޮތުގައި ކާންޔޭ އެ ލިސްޓުން އުނިކުރީ ކާންޔޭގެ އަންހެނުން ކިމް ކާޑޭޝިއަން އާއި ކިމްގެ ލޯބިވެރިޔާއާ ގުޅިގެން ސޯޝަލްމީޑިއާގައި އެކި ކަހަލަ ވާހަކަތައް ދެއްކުމާއި ގުޅިގެންނެވެ.

ކާންޔޭގެ ދަރިންގެ ކަސްޓަޑީ ނެގުމަށް ކާންޔޭ މަސައްކަތް ކުރަމުންދާއިރު، ކާންޔޭ ވަނީ އޭނާގެ އަންހެނުން ކިމް އާއި ކިމްގެ ލޯބިވެރިޔާ ޕީޓް ޑޭވިޑްސަންއަށް އެކި ކަހަލަ ގޮތްގޮތުން ސޯޝަލްމީޑިއާގައި އިންޒާރުދިފަ އެވެ.

ކާންޔޭގެ އަމަލުތައް ހުންނަ ގޮތާއި ގުޅިގެން އެކި ނޫސްތަކުގައި ކާންޔޭއަށް ބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުވެފައިވެ އެވެ.

ހޮލީވުޑްގައި އަހަރަކު އެއްފަހަރު ބާއްވާ ގްރޭމީޒް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ހަފްލާ ކުރިއަށްދާނީ މާދަމާ އިރުއޮއްސި 5:30 ގައި ލަސް ވޭގަސްގެ އެމްޖީއެމް ގްރޭންޑް އަރީނާގަ އެވެ.