ސައުދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި އެވެ.
އެހެން އަހަރުތަކުގައި ރޯދަމަހުގެ ތެރޭގައި ކަދުރު ބަހާކަމަށް ވިޔަސް މިއަހަރު ކަދުރު ބަހަން ފަށާފައިމިވަނީ ރޯދަމަސް ނިމުނު ފަހުންނެވެ. އެއީ މިއަހަރު ސައޫދީން ކަދުރު ލިބުން ލަސްވުމުގެ ސަބަބުންނެވެ.
ސައޫދީން ދީފައިވާ 50 ޓަނު ކަދުރު ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެއީ 25،000 ޕެކެޓް ކަދުރެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، އެންމެ ފުރަތަމަ ކަދުރު ބަހާނީ ފަގީރުންނަށް ކަމަށެވެ. އެއީ ގޭބިސީއަކަށް ޕެކެޓެއްގެ އުސޫލުންނެވެ. އޭގެ ފަހުގައި، ފުރަތަމަ ބަލާދާ ތަރުތީބުން، ބާކީ ގޭބިސީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރެއިން، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރުކަމަށް މިނިސްޓްރީން ބުންޏެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކަދުރު ބާހާނީ އިސްލާމިކް މިނިސްޓްރީން، އިސްލާމީ މަރުކަޒުގަ އެވެ. ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ އެ ރަށެއްގެ ކައުންސިލްތަކުންނެވެ.
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
އީރާނެކޭ އެއްފަދައިން ލުބުނާނުގެ ހަނގުރާމަ ހުއްޓާލުން މުހިއްމު