އުނގެނޭ އިލްމުގެ ބޭނުން ހިފައިގެން މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފި އެވެ.
ނައިބު ރައީސް މިކަމަށް ގޮވާލެއްވީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ތަޢުލީމު ހާސިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމަޢުގެ ތެރޭގައި ހަމަޖެހުން ގާއިމުކޮށްދިނުމަށް އެ ލިބިފައިހުރި އިލްމެއްގެ ބޭނުންހިފައި، މުޖްތަމައުގެ އެހެން މީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ މުޖުތަމައުގައި ރަނގަޅުކުރަން ޖެހޭ އިޖްތިމާއީ އެކިއެކި މައްސަލަތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ.
އޭގެ އިތުރުން މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްދާއިރާކަން ފާހަގަކުރައްވައި މިހާރު މަތީ ތަޢުލީމު ހާޞިލުކުރުމަށް މުޅި ރާއްޖޭގައި މީގެ ކުރިން ނެތް މިންވަރަށް ފުރުސަތުތައް ހުޅުވާލެވިފައި އޮތްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ. އަދި ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިހުތިރާމާއެކު މީހުންނާއި މުއާމަލާތް ކުރުމަށް އިސްކަންދިނުމުގެ މައްޗަށް ވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވި އެވެ.
އެ ހަފްލާގައި އެމަނިކުފާނު ވަނީ ދަސްވެނިވެ ދަރަޖަ ހާސިލްކުރި ދަރިވަރުންނަށް ސަނަދާއި، އެވޯޑު އަދި އިނާމު ހަވާލުކޮށްދެއްވާފަ އެވެ.
އެސްއޯއީތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ
ގަވާއިދާ ހިލާފަށް ޔުނިފޯމް އެލަވަންސް ދިން މައްސަލައެއް
ކުރީގެ ލޯބިވެރިޔާ ޓޭލާގެ ކައިވެންޏަށް ހެރީ ޖޯކު ޖެހީތަ؟
