ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި އަންނަނީ ދަށްވަމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން މަތިވެ، ދައުލަތުގެ އާމްދަނީ ވެސް އިތުރުވަމުން އަންނާތީ، ދަރަނި ނަގާ މިންވަރު ވެސް ދަށްވެ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އަންނަނީ ދަށްވަމުން ކަމަށެވެ.

"ދަރަނި ނަގާ މިންވަރު ދަށްވަމުން ދަށްވަމުން ދިޔުމާއި އެކު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި މިދަނީ ދަށްވަމުން. ދަރަނި ނުދެއްކުމުގެ އެއްވެސް ރިސްކެއް ނެތް، ބަރާބަރަށް މެނޭޖްކުރަމުން މިދަނީ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ދަރަނި މެނޭޖްކުރުމުގައި ސަރުކާރުން ނަގާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރެއްވާފަ އެވެ. އެގޮތުން މިދިޔަ އަހަރު ސަރުކާރުން ސުކޫކު ވިއްކުމުގައި ލައިބިލިޓީ މެނޭޖްމަންޓް އެކްސަސައިޒެއް ހިންގުމަށްފަހު، ދަރަނި ރި- ސްޓްރަކްޗާކޮށްފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"މިއަންނަ ޖޫންގައި އެހެން ނޫންނަމަ ދައްކަން ޖެހޭނެ 250 މިލިއަން ޑޮލަރު. ސަނީ ސައިޑު ބޮންޑަށް، އެއްފަހަރާ. އެކަމަކު ކުރިއާލައި ރާވައިގެން މިދިޔަ އަހަރު ގާތްގަނޑަކަށް އެއަށް 192 މިލިއަން ޑޮލަރު މިދެއްކީ. ބާކީ 58 މިލިއަން ޑޮލަރާއި އިންޓަރެސްޓް ޕޭމަންޓާއި އެއްކޮށް ޖޫން ފަސްޓް ވީކުގައި ޕޭކުރާނަން 62 މިލިއަން ޑޮލަރު، އޭގެ ފައިސާ އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު

އަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނި ދެން އެންމެ ބޮޑަށް އުފުލިގެންދާނީ 2026 ވަނަ އަހަރު ކަމަށެވެ. އަދި އެހާތަނަށް ވެސް ދަރަނި މެނޭޖްކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އެހެން ނަމަވެސް ކައިރި މުސްތަގުބަލުގައި ރާއްޖެއަށް ދަރަނި ދެއްކުމުގައި އެއްވެސް ރިސްކެއް ނެތް ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.