މޮސްކޯ (26 މެއި) - ރަޝިއާގެ ސަރުކާރު މުވައްޒަފުންގެ ޕެންޝަންގެ އިތުރުން މިނިމަމް ވޭޖް އިތުރު ކުރާނެ ކަމަށް އެގައުމުގެ ރައީސް ވްލަޑިމީރް ޕުޓިން ވިދާޅުވެއްޖެ އެވެ.
ސްޓޭޓް ކައުންސިލްގެ ބައްދަލުވުމެއްގައި މިކަން އިއުލާނު ކުރައްވަމުން ޕުޓިން ވިދާޅުވީ މި ބަދަލު ގެނެވޭނީ މިފެށޭ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތުން ޖޫން މަހުން ފެށިގެން ސަރުކާރު މުވައްޒަފުންގެ ޕެންޝަނާއި މިނިމަމް ވޭޖް 10 ޕަސެންޓް އިތުރުވާނެ ކަމަށް ޕުޓިންއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެފައިވެ އެވެ.
ޕުޓިންގެ މި ނިންމުން އައިސްފައި މިވަނީ ރަޝިއާގެ އިގްތިސާދު ހީނަރުވެ އެގައުމުގެ އިންފްލޭޝަން ރޭޓް އިންތިހާއަށް މަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޔޫކްރެއިންގައި ރަޝިއާއިން ކުރަމުން އަންނަ ހަނގުރާމައާއެކު ހުޅަނގުގެ ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ކުންފުނި ތަކުން ރަޝިއާއަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެހެން ނަމަވެސް ޕެންޝަނާއި މިނިމަމް ވޭޖް އިތުރު ކުރުމަށް ނިންމި ނިންމުމަކީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެޅި ފިޔަވަޅެއް ނޫން ކަމަށް ޕުޓިން ވަނީ ވިދާޅުވެފަ އެވެ. -- ސީއެންއެން
ޓްރަމްޕްގެ ފޮޓޯޖެހި އެެމެރިކާގެ އާ ޕާސްޕޯޓް ދައްކާލައިފި
މޯލްޑިވްސް 2.0 ގެ ތެރެއިން އީ-ވޯޓިން ނިޒާމެއް ނުގެންނާނެ: ރައީސް
ޒެންޑޭޔާގެ އަސްލު ނަމަކީ ކޮބާ؟