ބޮލީވުޑްގައި ކާމިޔާބު ތަރިޔަކަށް އޭނާ ހެދީ ސްޕޯޓަރުން ކަމަށް އެކްޓަރު ކާތިކް އާރްޔާން ބުނެފި އެވެ.

ކާތިކް އެންމެ ފަހު ރިލީޒްކުރި ހުރިހާ ފިލްމެއްވެސް ބޮކްސް އޮފީހުގައި ވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. އެގޮތުން މިހާރު ސިނަމާގައި ދައްކަމުން އަންނަ "ބޫލް ބުލައްޔާ 2" ވެސް އަންނަނީ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދަމުންނެވެ. އެގޮތުން މިހާތަނަށް 100 ކްރޯޑް ރުޕީސް މިފިލުމަށް ހޯދާފައިވާއިރު ފިލުމު އެޅުވި ފުރަތަމަ ދުވަހުވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.

"ބޫލު ބުލައްޔާ 2" އަކަށް ލިބެމުން އަންނަ ކާމިޔާބީއާ ބެހޭ ގޮތުން ކާތިކް ބުނެފައިވަނީ އޭނާގެ ފިލުމުތަކަށް ލިބިގެންދާ ކާމިޔާބީ އަކީ އޭނާއަށް ސަޕޯޓުކުރާ ސަޕޯޓަރުންގެ ސަބަބުން ލިބޭ ކާމިޔާބީއެއް ކަމަށެވެ. އަދި އޭނާއަށް ބޮލީވުޑްގައި ލިބޭ ކާމިޔާބީއަށް ހިތުގެ އެންމެ ފުންމިނުން ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށްވެސް ކާތިކް ބުންޏެވެ.

https://www.instagram.com/p/Cd-j5ixtCeu/

"އަހަރެން އަބަދުވެސް ބުނަން އަހަރެން ސްޓާރަކަށް ހެދީ ސަޕޯޓަރުންނޭ. އެހެންވީމާ އެމީހުންނުލާ މިފަދަ ކާމިޔާބީއެއް ފާހަގައެއް ނުކުރެވޭނެ. ސަޕޯޓަރުން އެދޭ އެއްބާރުލުމާއި ލޯތްބަށް ޝުކުރުވެރިވަން." ކާތިކް ބުންޏެވެ.

ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝެހެޒާދާ"، "ފްރެޑީ"، "ކެޕްޓަން އިންޑިއާ" އަދި "ސަތިއަނާރަޔަން ކީ ކާތާ" ހިމެނެ އެވެ.