މަޝްހޫރު ރިއަލިޓީ ސްޓާ ކިމް ކާޑޭޝިއަން އޭނާގެ ލޯބިވެރިޔާ ޕީޓް ޑޭވިޑްސަންގެ ލޯބީގައި ޖެހި ދީވާނާ ވެއްޖެކަމަށް ކިމް ބުނެފި އެވެ.

ކިމް މިހެން ބުނީ އޭނާގެ އާއިލާއިން ކުރިއަށް ގެންދާ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް" ގެ ޝޯއެއްގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ކިމްއަށް ޕީޓް ވަރަށް ކަމުދާކަން ފާހަގަކޮށް، އޭނާ ދަނީ ސޯޝަލް މީޑިއާގައި ވެސް ޕީޓަށް ތައުރީފުކުރަމުންނެވެ.

އެ ދެ މީހުން އެންމެ ފުރަތަމަ ދިމާވީ، ކިމް ހޯސްޓުކުރި ލައިވްއަކުންނެވެ. އަދި އެއަށްފަހު އެ ދެ މީހުންގެ ގުޅުން އިތުރަށް ދިޔައީ ބަދަހިވަމުންނެވެ.

ހަމަ އެހެންމެ ކިމް އާއި ޕީޓްވެސް އެކަކު އަނެކަކީ ލޯބިވެރިން ކަމަށް ބުނެފައިވެ އެވެ.

ކިމްގެ އައު ލޯބިވެރިޔާ، ޕީޓް އާއެކު އޭނާ ދިރިއުޅެން ފަށާފައިވާއިރު، ކިމް ވަނީ ޕީޓް އާއި އޭނާގެ ދަރިންނާ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް އެކަކު އަނެކަކަށް ތައާރަފްކޮށްދީ، އެކީގައި ވަގުތު ހޭދަކުރަން ފަށާފައިވާ ކަމަށް ވެސް ބުނެފަ އެވެ. އަދި ކިމްގެ ދަރިންނަށް ވެސް މިހާރު ޕީޓް ވަރަށް ކަމުދާ ކަމަށް ކިމް ބުނެފައިވެ އެވެ.

ކިމް އާއި ޕީޓް ލޯބީގެ ގޮތުން ގުޅުނީ ކާންޔޭ ވެސްޓް، އޭނާއަށް ބޭވަފާތެރިވުމާ ގުޅިގެން އޭނާ އާ ވަރިވެ ގުޅުން ކަނޑާލާފައި ވަނިކޮށެވެ. ހަބަރުތައް ބުނާގޮތުގައި، ކިމް އިތުރަށް ދެން ކާންޔޭ އާ ގުޅެން ބޭނުންނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.