އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އަދި ގދ. ތިނަދޫ އާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށައިފި އެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ޓުޓިކޮރިން އާއި ދެމެދު ސީދާ ދަތުރުތައް ފަށައި، ފުރަތަމަ ކާގޯ ބޯޓު ޓުޓިކޮރިން ބަނދަރުން މިހާރު ފުރާފައިވާ ކަމަށެވެ. އަދި އެ ކުންފުނި މެދުވެރިކޮށް ކާގޯ ގެނައުމަށް ބުކިން ހެދުމަށް ވެސް އެ ކުންފުނިން ވަނީ ހުޅުވާލާފަ އެވެ.
ޓުޓިކޮރިންއާ ދެމެދު ކުރާ ފުރަތަމަ ކާގޯ ދަތުރަށް ފުރާފައިވަނީ އެމްވީ ބޮންތި 2 ނަމަކަށް ކިޔާ ބޯޓެކެވެ.
އެ ދަތުރުތަށް ފެށުމާ ގުޅިގެން، ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ބުނެފައި ވަނީ އެ ދަތުރުތައް ފެށުމާއެކު ދެކުނުގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި މުދާ ލިބޭނެ ކަމަށެވެ. އަދި މިއީ ހިތަދޫ ޕޯޓާއި ދެކުނުގެ ވިޔަފާރިތަކަށް ލިބޭ ކުރިއެރުމެއް ކަމަށް އެޗްޕީއެލް އިން ބުންޏެވެ
އިންޑިއާއިން ބުނެފައި ވަނީ މިއީ ރާއްޖޭގެ ދެކުނާއި އިންޑިއާގެ ދެކުނާއި ގުޅުވާލުން ކަމަށެވެ. އަދި ކޮޗިން އާއި މާލެ އަދި ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފެށިތާ ދެ މަސް ދުވަހުގެ ތެރޭ އިތުރު ސަރަހައްދަކަށް ކާގޯ ފެރީގެ ޚިދުމަތް ފެށިފައިވާކަން އިންޑިއާއިން ފާހަގަކޮށްފައިވެ އެވެ.
އިންޑީއާގެ ޓުޓިކޮރިން އާއި ރާއްޖެ އާއި ދެމެދު ދަތުރުތަށް ފެށި އެމްވީ ބޮންތި 2 އަކީ ދިގުމިނުގައި 86 މީޓަރު ހުންނަ މުދާ އުފުލާ ބޯޓެކެވެ. މިބޯޓުގައި 2،719 ޓަނުގެ މުދާ އުފުލޭނެ އެވެ. މިބޯޓު ހަފްތާ ބަނދު ތެރޭގައި އިންޑިއާ އަށް ފޯރާނެ ކަމަށް ލަފާ ކުރެވެ އެވެ.
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
