އަމިއްލަ ސާފުތާހިރު ކަމަށްޓަކައި ގިނަ ކަންކަން ކުރަން ޖެހެ އެވެ. ހަށިގަނޑާއި އުޅޭ މާހައުލު ސާފުކޮށް ބެހެއްޓުމުގެ އިތުރުން ވެސް ގިނަ ކަންކަންތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން ސާފުތާހިރުވާން ގެންގުޅޭ ތަކެތި ގަވާއިދުން އާ ކުރުމަކީ ފަރުވާތެރިވާން ޖެހޭ ކަމެކެވެ.
ދަތްއުނގުޅާ ބުރުސް
އަނގައިގެ ސާފުތާހިރު ކަމަކީ މީހާގެ ސިއްހަތު ދުޅަހެޔޮކަން މަތީ ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އަނގައިގެ އެތެރެ ސާފުކުރުމަށް ބޭނުންކުރާ ބުރުހަކީ ކޮންމެ ތިން މަހަކުން ބަދަލު ކުރަންޖެހޭނެ އެއްޗެކެވެ.
ފުނާ
ބޮލުގައި އަޅާ ފުނަލަކީ ވެސް ގިނަ އަދަދެއްގެ ބެކްޓީރިއާ އޭގައި ހަރުލާފައި ހުންނާނެ އެއްޗެކެވެ، ކޮންމެ ހަފްތާ އަކު ބޮލުގައި އަޅާ ފުނާ ނޫނީ ބުރުސް ދޮންނަންވާނެ އެވެ. އަދި އަހަރަކު އެއްފަހަރު އެ ތަކެތި އާ ކުރަން ވާނެ އެވެ.
ފައިވާން
ފައިތިލަ ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭއިރު އެންމެ މުހިއްމު ކަމަކީ އަރާ ފައިވާނަކީ ސާފުތާހިރު، ފަޔަށް ފަސޭހަ އެއްޗަކަށް ހެދުމެވެ. ހަފްތާއަކު އެއްފަހަރު ފައިވާން ދޮވުމަށާއި ހަލާކުނުވި ނަމަވެސް ކޮންމެ ހަމަހަކުން ފައިވާން އާކުރުމަށް ސަމާލުކަން ދޭން ވާނެ އެވެ.
ތުވާލި
އެންމެ އަވަހަށް ދޮންނަން ޖެހޭނެ އެކައްޗަކީ ފެން ހިއްކާ ތުވާއްޔެވެ. ކޮންމެ 1-3 އަހަރަކުން ތުވާލި އާކުރަންވާނެ އެވެ. އަދި ފެންހިއްކާއިރު ރީތިކޮށް ނުހިއްކޭނަމަ ތުވާލި ދޮންނަންވީ އެވެ.