މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރކަމުގެ މަގާމުން ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަކިކުރި ވަކިކުރުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބާތިލުކޮށްފި އެވެ.
ޑރ.އިޔާޒު ވަޒީފާއިން ވަކިކުރީ، އެކަމުގެ އިންޒާރު ދިނުމަށްފަހު މިދިޔަ ޖުލައި މަހުގަ އެވެ. އެ ނިންމުން ބާތިލް ކުރުމމަށް ވަޒީފާއާ ބެހޭ ޓްރަބިއުނަލުން ނިންމާފައިވާއިރު، އެކަމާއި ގުޅިގެން ޑރ. އިޔާޒް ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ޑރ. އިޔާޒު ކުރެއްވި ޓްވީޓްގައި އެމްއެންޔޫގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަރަށް އަނިޔާވެރި ގޮތަކަށް ވަކިކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އެކަން ނިމުމަކަށް ގެނައުމަށް ޓްރައިބިއުނަލް އިން އަމުރު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޑރ. އިޔާޒް ވަނީ އެ ދަނޑިވަޅު އޭނާއަށް ދިމާވި ދަތި، އަދި ހިތާމަވެރި ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އާ ސްޓޮކް ލިބި، އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރަން ފަށަނީ
ރަހައެއް ނޫން، މިއޮތީ ޗޮކުލެޓް ކާހިތްވާ އަސްލު ސަބަބު!
ޝަކީރާއާ ގުޅުނު ކަމަށް ބުނާ ހަބަރުތައް ބެން ދޮގުކޮށްފި
