އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ބާ އިމްތިހާނު މިއަހަރުގެ ނޮވެމްބަރު މަހަށް ފަސް ކުރުމަށް ބާ ކައުންސިލުން ނިންމައިފި އެވެ.

އެ އިމްތިހާނު ފަސްކުރުމަށް ބާ ކައުންސިލުން ނިންމާފައި ވަނީ ވަރަށް ގިނަ ދަރިވަރުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ބާ ކައުންސިލްގަ އާއި، ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިފައި ވަނިކޮށެވެ. މިކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ބާ ކައުންސިލުން ވަނީ އިމްތިހާނު މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމި ބާ އިމްތިހާނުގައި ރަޖިސްޓްރީވި ދަރިވަރުންގެ އިތުރުން، ރަޖިސްޓްރީ ކުރުމަށްފަހު ނަން ނެގި ދަރިވަރުންނަށް ވެސް ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ.

އެކައުންސިލުން ވަނީ ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަބއެވެ. އިމްތިހާނުގެ ފީއާމެދު ދަރިވަރުންގެ ކަންބޮޑުވުން އޮތް ނަމަވެސް ބާ ކައުންސިލުން ނިންމާފައިވަނީ ފީއެއްގެ ގޮތުގައި މިހާރުބވެސް ނަގާ އަދަދަށް 10،000 ރުފިޔާގެ ފީއެއް ނެގުމަށެވެ.

ބާ އިމްތިހާނާއިމެދު ހުރި ކަންބޮޑުވުންތަކާއި ގުޅިގެން މަޖިލީހަށް ވަނީ އިސްލާހެއް ވެސް ހުށަހަޅާފަ އެވެ. އެގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށިއިރު ވަކީލުކަމުގެ ހުއްދަ ނުލިބޭ މީހުން ބާ އިމްތިހާނާއި، ތަމްރީނު ފުރިހަމަކުރުން އިސްތިސްނާވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ހުށަހަޅާފަ އެވެ.