ކޯޓު އަމުރެއްގެ ދަށުން ޝައިހް ފަޒްލޫން އާއި މުހައްމަދު އިސްމާއީލް އަދި އިބްރާހީމް ރަޒާން (ޓަކީ) ހައްޔަރު ކޮށްފި އެވެ.

މި ތިން މީހުން ވެސް ހައްޔަރު ކޮށްފައިވަނީ ޔޯގާ ހުއްޓުވުމަށް ކުރިއަށް ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

މުހައްމަދު އިސްމާއީލްއާއި ޓަކީ ހައްޔަރު ކޮށްފައިވަނީ އެދެމީހުން ކާނިވާ ތެރޭ ތިއްބާ ކަމަށް ހަބަރު ލިބެ އެވެ. ޓަކީ އަދި މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ފައުޖަކުންނެވެ.

ފަޒްލޫންވެސް ހައްޔަރުކޮށްފައިވަނީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.

ޝައިހް ފަޒްލޫން ހައްޔަރުކޮށްގެން ގެންދަނީ

އިއްޔެ ފުލުހުންވަނީ އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައެވެ.

އެ ހަ މީހުންގެ ވަނަވަރު ފޮޓޯއާއެކު މިއަދު ފުލުހުން ހާމަކުރިއިރު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން އެއިން 4 މީހަކު 2 މަސްދުވަހަށް ޖަލުގައި ބަންދުކުރަން ކޯޓުންވަނީ އަމުރުކޮށްފަ އެވެ. ބާކީތިބި ދެ މީހުންގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ.