ބޮލީވުޑްގެ މަޝްހޫރު ކުރީގެ ބަތަލާ ނީލަމް ކޮތާރީ އާއި އޭނާގެ އާއިލާއާއެކު ރާއްޖޭގައި އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ. ނީލަމް އެންމެ ފުރަތަމަ ޗުއްޓީ ހޭދަކޮށްފައިވަނީ ނ.އަތޮޅުގައި އޮންނަ މޫވެން އެންޑް ޕިކް ކުރެދިވަރު މޯލްޑިވްސްގަ އެވެ. އޭގެ ފަހު އެމީހުން ޗުއްޓީ ހޭދަކުރުމަށް ގޮސްފައިވަނީ ދ.އަތޮޅުގައި އޮންނަ ބެގްލިއޯނީ ރިސޯޓަށެވެ.

މީގެ އިތުރުން ނީލަމް އާއި އޭނާގެ ފިރިމީހާ ސާމިރު ސޯނީ އަދި ދަރިފުޅު އަހާނީ ސޯނީ ވަނީ "ޖްވެލަރީ އައިލެންޑް" އިން އިންތިޒާމްކުރި ދަތުރެއްގައި ދ.ރިނބުދޫއަށް ޒިޔާރަތް ކޮށްފަ އެވެ.

https://www.instagram.com/p/Ce8z4ABFb_j/

އެ ދަތުރުގައި ރިނބުދޫއަށް އެއާއިލާއިން ޒިޔާރާތްކުރުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެގޮތުން ރާއްޖޭގެ ރަށްފުށުގެ އެންމެ ކުރީގެ ސަގާފީ އެކި މަސައްކަތް ކުރާގޮތް ދައްކާލުންވެސް މި ދަތުރުގައި އޮތެވެ.

https://www.instagram.com/p/CfDopo8LEh2/

ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ނީލަމް ވަނީ އޭނާގެ އިންސްޓަގްރާމުގައި ވެސް އާންމުކޮށްފަ އެވެ.

https://www.facebook.com/Rinbudhoo/posts/3198061090470328

އުމުރުން 52 އަހަރުގެ ނީލަމް ބޮލީވުޑަށް ތައާރަފްވީ 1984 ގައި ރިލީޒް ކުރި "ޖަވާނީ" އިންނެވެ.

"އޭކްތާ ރާޖާ" އާއި "ބަދްނާމް" އާއި "އޭކް ލަޅްކާ އޭކް ލަޅްކީ" އާއި "އިލްޒާމް" އަދި "ޒަހަމް" ކަހަލަ ކާމިޔާބު ފިލްމުތަކުން ނީލަމް ވަނީ ފެނިގެން ގޮސްފަ އެވެ.