މި މަހުގެ ކުރީ ކޮޅު ޖޯނީ ޑެޕް ވަނީ މަޝްހޫރު ފިލްމު ފްރެންޗައިޒް "ފެންޓާސްޓިކް ބީސްޓްސް" އިން ވަކިވާކަން އިއުލާނުކޮށްފަ އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ވަރަށް ތަފްސީލުކޮށް ކިޔާދީފައިވާ ގޮތުގައި މިހާރު ކޯޓުގައި ކުރިއަށްދާ އޭނާ އާއި ކުރީގެ އަންހެނުން އެމްބާ ހާޑްގެ މައްސަލައާ ގުޅިގެން ވޯނާ ބްރޯސް އިން އޭނާ ވަކިވާން ވަނީ އަންގާފަ އެވެ.

މި ފްރެންޗައިޒް އިން ޖޯނީ ޑެޕް ވަކިވެފައިވާ އިރު އޭނާ ވަނީ އެއް ސީން ޝޫޓު ވެސް ކޮށްފަ އެވެ.

މި ރޯލު ދެން ކުޅޭނީ ޑޮކްޓަރު ސްޓްރޭންޖް އާއި ހެނިބަލް ފަދަ ފިލްމުތަކުން ފެނިގެން ދިޔަ މެޑްސް މިކަލްސަން ކަމަށް ރިޕޯޓުތައް ބުނަމުން ދަނިކޮށް ވޯނާ ބްރޯސް އިން މިވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

"ހޮލީވުޑް ރިޕޯޓަރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖޯނީ ޑެޕް ފިލްމު ކޮށްފައިވަނީ އެންމެ ސީން އެއް ކަމަށްވިޔަސް އޭނާއަށް ފުރިހަމަ އަށް މުސާރަ ދޭން ވަނީ ނިންމާފަ އެވެ.