އެމެރިކާގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ރިއަލިޓީ ސްޓާ ކިމް ކާޑޭޝިއަން އޭނާގެ ލޯބިވެރިޔާ ޕީޓް ޑޭވިޑްސަންއާ ވަކިވިކަމުގެ ހަބަރު ފެތުރިއްޖެ އެވެ.

ކިމް ހޯސްޓްކުރި ލައިވްއަކުން އެ ދެމީހުން ދިމާވެފައިވާއިރު، އޭގެ ފަހުން އެ ދެ މީހުންގެ ގުޅުން އިތުރަށް ދިޔައީ ބަދަހިވަމުންނެވެ.

ކިމް އާއި ޕީޓް ލޯބީގެ ގޮތުން ގުޅުނީ ކާންޔޭ ވެސްޓް، އޭނާއަށް ބޭވަފާތެރިވުމާ ގުޅިގެން، އޭނާ އާ ވަރިވެ ގުޅުން ކަނޑާލާފައި ވަނިކޮށެވެ.

ހަމަ އެހެންމެ ކިމް އާއި ޕީޓްވެސް އެކަކު އަނެކަކީ ލޯބިވެރިން ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ދާދި ފަހުން ކިމް އާއި ކާންޔޭ އެކީގައި ފެނިފައިވާއިރު، އެ އާއިލާގައި ކުރިއަށް ގެންދާ މުހިންމު ހަފްލާތަކުގައި ފަހަކަށް އައިސް ޕީޓް ފެންނަން ނެތްކަން އާންމުން ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން ކިމް އާންމުކުރި އިންސްޓަގްރާމް ފޮޓޯއެއްގައި އޭނާ ވަނީ އެއްވެސް ކަމެއް ދެމިނޯންނާނެ ކަމަށް ބުނެފަ އެވެ. އަދި އެކަން އާންމުން ދެކިފައިވަނީ އޭނާގެ ލޯބީގެ ހަޔާތާ ގުޅުވައިގެން ބުނި އެއްޗަކަށެވެ.

ކިމްއަށް ކާންޔޭ ބޭވަފާތެރިވުމުން އާންމުން ދިޔައީ ކިމް އަށް ހަމްދަރުދީވެ، އޭނާގެ އައު ލޯބިވެރިޔާއާއެކު ފެށި ހައު ހަޔާތަށް އެއްބާރުލުން ދެމުންނެވެ.

ކިމް އާއި ޕީޓް ވަކިވިކަމަށް ހަބަރު ފެތުރުނު ނަމަވެސް މިކަން އެދެމީހުން ކުރެ އެކަކުވެސް މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.