ކުރީގެ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ފުރަތަމަ ވެބް ސީރީޒް "ދަރާވީ ބޭންކް" ގައި އޭނަ ފެންނާނެ ގޮތް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

އުމުރުން 60 އަހަރުގެ އެކްޓަރު ސުނިލްގެ އަލަތު ވެބް ސީރީޒް އޭނާ ފެނިގެންދަނީ މިހާރު އޭނާގެ އުމުރާ ގުޅޭ ކަހަލަ ރޯލަކުންނެވެ. ސުނިލް ޝެޓީ މިވެބް ސީރީޒްގައި ކުޅޭ ކެރެކްޓާއަކީ "ތަލައިވާ" އެވެ.

އެމްއެމްސް ޕްލޭޔާ އަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ "ދަރާވީ ބޭންކް" އަކީ ރިވެންޖް ކްރައިމް ޑްރާމާއެކެވެ. މިމެބް ސީރީޒް ސަމިތު ކައްކަޅް ޑައިރެކްޓް ކޮށްފައިވާއިރު ސުނިލްގެ އިތުރުން ދެން މިސީރީޒް އިން ފެނިގެންދާނީ ވިވެކް އޮބެރޯއީ އާއި ސޮނާލީ ކުލްކަރްނީ އެވެ.

"ބޯޑާ" އާއި "ދަޅުކަން" އަދި "ހީރާ ޕޭރީ" ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސުނިލް، 60، އެންމެ ފަހުން ފެނިފައި ވަނީ މިއަހަރުގެ އެޕްރީލްގައި ރިލީޒްކުރި ތެލެގޫ ސްޕޯޓްސް ޑްރާމާ "ގަނީ" ގެ ރޯލަކުންނެވެ.