މި އަހަރުގެ ދިރާސީ އަހަރަށް ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުންގެ ފުރަތަމަ ބެޗް ރާއްޖެ އަތުވެއްޖެ އެވެ.

ބިދޭސީ ޓީޗަރުންގެ ފުރަތަމަ ބެޗްގައި އައީ 5 ޓީޗަރުންނެވެ.

ކުރިއަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު އެވެ.

އެ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫންމަހުގެ 22 ވަނަ ދުވަހު އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެއީ ސަރުކާރުން ޓީޗަރުންފެ މުސާރައަށް ގެނައި ހެޔޮބަދަލާއި އެކު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.