ގެއްލިގެން ހޯދަމުންދާ ނ. ހެނބަދޫ / ކުންނާރުގެ، އިބްރާހީމް ރާމިޒް،28، އެންމެ ފަހުން ފެނިފައިވަނީ ފިހާރައަކުން ކަމުގައި އެރަށު ކައުންސިލުން ބުނެފި އެވެ.
ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް ކަމަށް ބެލެވޭ ޒުވާނާ ގެއްލިގެން ހޯދަން ފެށީ ރެއިން ފެށިގެންނެވެ.
އެގޮތުން އެ ޒުވާނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެރަށު ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވިގޮތުގައި އެޒުވާނާ ގޮނޑުދޮށް ސަރަހައްދަށް ދިޔަކަމަށް ބެލެވެނީ ކެނޯއެއްގައި އެވެ. އަދި ކެނޯ ބާލާފައި އޮތްކަން އެނގެން ހުރިކަމަށް އޭނާ ވިދާޅުވި އެވެ.
އަދިވެސް އެޒުވާނާ ފެނިފައި ނުވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ރާމިޒް ފެނިއްޖެ ނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވެ އެވެ.
ރިސޯޓުތަކުގެ ވެރިންނަށް ރައީސް: ދައްޗެއް ނުވާނެ
ގަވާއިދާ ހިލާފަށް ޔުނިފޯމް އެލަވަންސް ދިން މައްސަލައެއް
ކުރީގެ ލޯބިވެރިޔާ ޓޭލާގެ ކައިވެންޏަށް ހެރީ ޖޯކު ޖެހީތަ؟
