އިންޑިއާގެ މަޝްހުރޫ ޓީވީ ތަރިން ކަމަށްވާ ދިވްޔަންކާ ތުރިޕާޓީ އާއި އޭނާގެ ފިރިމީހާ ވިވެމް ދަހިޔާ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަތުވެއްޖެ އެވެ.

ދިވްޔަންކާ ރާއްޖެއަށް އައިސްފައި ވަނީ އެމީހުންގެ ކައިވެންޏަށް ހަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. އަދި އެ ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގަ އެވެ.

''ޔޭހޭ މޮހޮއްބަތޭން'' އިން އެންމެންގެ ލޯބި ހޯދާފައިވާ ދިވްޔަންކާއާއި އޭނާގެ ފިރިމީހާ ވިވެކް ރާއްޖެގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ދިވްޔަންކާ ވަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާ ކޮށްފަ އެވެ.

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ވެސް ރާއްޖެ އަށް ޒިޔާރަތްކުރި ދިވިޔަންކާ އާއި ވިވެކް ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ.

https://www.instagram.com/p/Cf0SUMfLOj9/

މިދިޔަ އަހަރު ކަލާޒް ޗެނެލުން ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ސީޒަން 11 ގައި ވެސް ވާދަކުރި ދިވްޔަންކާ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސް އިން 2019 ގައި ނިންމައިލި "ޔޭ ހޭ މޮހައްބަތޭ" އެވެ.

އޭނަ ކުޅެފައިވާ އިތުރު ސިލްސިލާތަކުގެ ތެރޭގައި "ތޭރީ މޭރީ ލަވް ސްޓޯރީސް"، "ބަނޫ މޭ ތޭރީ ދުލްހަން" އަދި "އިންތިޒާރު" ހިމެނެ އެވެ.

ވިވެކް ކުޅެފައިވާ "ގަޔާމަތު ކީ ރާތު" އާއި "ކަވަޗް" އަދި "ޔޭ ހޭ މޮހައްބަތޭ" ހިމެނެ އެވެ.