ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ސަމީރު އިމްރާނަށް ރައްދު ދެއްވީ ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަަށް ވިދާޅުވެ އިމްރާން ކުރެއްވި ޓްވީޓާ ގުޅިގެންނެވެ.

މި ޓުވީޓާ ގުޅިގެން އިމްރާނަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ސަމީރު ވިދާޅުވީ ދީނީ ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށެވެ. އަދި ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް ދީނީ ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ކަމަށް ވެސް ސަމީރު ވިދާޅުވެފައިވެ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން، ތުހުމަތުތަކެއް ކުރައްވާ ޝައިހް ނިޝާން އާއި ޝައިހް ފަޒްލޫން ވަނީ ހައްޔަރު ކޮށްފަ އެވެ.