ގދ. ގައްދޫގައި ބަންނަމުން ދިޔަ ފައިބަރު ދޯންޏެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.
އަލިފާން ރޯވުމާއިއެކީ މުޅި ދޯނީގައި ވަނީ އަލިފާންގަނޑު ފެތުރި ބޭނުން ނުކުރެވޭ ވަރަށް އަދާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ 80 ޕަސެންޓް ވަނީ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ.
ދޯނީގައި އަލިފާން ރޯވުމާއިއެކީ ކަމާ ބެހޭ އިދާރާތަކުގެ ފަރާތްތަކުން ވަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އަލިފާން ނިއްވާލެވުނީ، ދޯނީގެ ބޮޑުބައެއް އަނދާ ހުލިވިފަހުންނެވެ. 80 ފޫޓުގެ މި ފައިބަރު ދޯނީގައި މިއަދު ރޯވެފައިވަނީ، ހަވީރުގެ ވަގުތެއްގައި ކަމަށާއި ދޯނީގައި ރޯވެފައިވާކަމަށް ބެލެވެނީ ކަރަންޓް ޝޯޓޭޖެއް ވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެ އެވެ.
ދޯނީގައި ރޯވުމާއެކު، ހަރުގޭގައި ހުރި ބައެއް ފައިބަރު ފީފާތައް ވަނީ ގޮވާފަ އެވެ.
ދިރާގު އެލީޓްކްލަބްގެ ކާމިޔާބީ ފާހަގަކޮށްފި
އަދާލަތުން ބާއްވަން އުޅުނު ބައްދަލުވުމުގެ ކޯރަމް ހަމައެއްނުވި!
އިއުތިރާޒުކުރާ އަަދަދުގެ %100 ދައްކަން ޓެކްސް ގާނޫނަށް އިސްލާހެއް