ޖޯޑާގެ ފްލެޓުގެ އެތެރޭގެ ފިނިހޫނުމިން ފާއިތުވި ތިން ދުވަހު ވެސް ވަނީ އިރުއޮއްސުމުގެ ކުރިން 30 ޑިގްރީއަށް އަރާފަ އެވެ. ކުޑަދޮރުތަކުގެ ބްލައިންޑްސްތައް ބަންދުކޮށްފައި ބަހައްޓާފައި ހުރުމުން، ކޮނޑާ ދިމާލުގައި ފަންކާއެއް ޖައްސާފައި ބެހެެއްޓިއަސް އޭނާގެ ގެ ބަންދުވެފައި ހުރުމުން ވައި ނުސާފުކަމުގެ އިހުސާސް ކުރެވެ އެވެ. ފަހު ތާރީހެއްގައި އިނގިރޭސިވިލާތަށް މިއަދު އެންމެ ހޫނުގަދަވާނެ ކަމަށް އަންދާޒާ ކުރާއިރު ޖޯޑާއަށް އެ ހޫނަށް ކެތްނުކުރެވިދާނެ ކަމަށް ބުންޏެވެ.

"މިތަނުގެ ތެރޭގައި ހީވަނީ ކެކެނީހެން،" އޭނާ ބުންޏެވެ. "މިތަން ހީވަނީ އަވަނެއް ހެން."

އުމުރުން 43 އަހަރުގެ ޖޯޑާ ދިރިއުޅެނީ ހުޅަނގު ލަންޑަންގައި އަލަށް ތަރައްގީކުރި ބްލޮކެއްގެ އެންމެ މަތީ ފަންގިފިލާގައި އޭނާގެ ކުޑަ ދެ އަންހެން ދަރިންނާއެކުއެވެ. އަވަށްޓެރި ބްލޮކަކާއި ކާރޫބާރޫ ބޮޑު މަގެއްގެ ތަންކޮޅެއް މައްޗަށް ނަޒަރު ހިންގާލާއިރު އޭނާގެ ކުޑަކުޑަ ކޮންކްރީޓް ބެލްކަނީގައި ހިޔަލެއް ނެތެވެ. އިރު އޮއްސުމަށްފަހު ވެސް ޓްރެފިކް އަޑުތަކާއި އެގްޒޯސްޓް ދުމުން ވެސް ނޭވާލާން އުނދަގޫވެ އެވެ.

އިނގިރޭސިވިލާތުގެ ހުޅަނގު ލަންޑަނުގެ ފްލެޓެއްގައި ދިރިއުޅޭ ޖޯޑާ އޭނާގެ ބަދިގޭގައި ފަންކާއެއް ބަހައްޓާފައި. ފޮޓޯ: ބީބީސީ

"ސާފު ވައި އެއްވެސް ވަރަކަށް ނުލިބޭ. ވަރަށް ބައިވަރު ހިރަފުސް އެބަހުރި،" އޭނާ ތަފްސީލުކޮށްދިނެވެ. އޭގެ ބަދަލުގައި އޭނާ ފިނިކަން ހޯދަނީ ފާހާނާގަ އެވެ.

އޯރްޑާގެ އަވަށްޓެރި ސަރަހައްދަކީ، އާމްދަނީ މަދު ނުވަތަ ވަޒީފާއަށް ނުނިކުންނަ މީހުން ނިސްބަތުން ގިނަ އަދަދަކަށް މީހުން ދިރިއުޅޭ އަވަށްތަކެވެ. އަދި އިނގިރޭސި ވިލާތުގެ އެކި ހިސާބުތަކުގައި މިފަދަ ތަންތަނުގައި ދިރިއުޅޭ މީހުންނަށް އެންމެ ބޮޑަށް ނުރައްކާ ވަނީ ގަދަ ހޫނުގެ ސަބަބުންނެވެ.

ބީބީސީއިން 4 އާތް އިންޓެލިޖެންސްގެ ސެޓެލައިޓް ޑޭޓާ އާއި، އިންގްލެންޑް، ސްކޮޓްލެންޑް އަދި ވޭލްސްގައި ތިމާވެށީގެ ނާޒުކު ހާލަތާ ގުޅޭ ތަފާސް ހިސާބުތައް ދިރާސާކުރުމުން، އަވަށްޓެރި ހިސާބުތަކަށް ވުރެ އެތައް ގުނައެއް ހޫނުގަދަ ތަންތަނުގައި، ނިކަމެތި ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ އަދަދު ދެގުނައަށް ވުރެ އިތުރު ކަމަށް ލަފާކުރެވެ އެވެ.

މި ތަފާތު ކުޑަވަނީ "އާބަން ހީޓް އައިލެންޑް އިފެކްޓް" ގެ ނަމުން ނަންދެވިފައިވާ އާދައެއްގެ ގޮތުގަ އެވެ. އިމާރާތްތަކާއި މަގުތަކަކީ ހޫނު ހިފަހައްޓާ، އަދި ހިޔަނީގެ ނުވަތަ ފެހި ޖާގަ ހުންނަ ވަށައިގެންވާ ސަރަޙައްދުތަކަށް ވުރެ އެތައް ގުނައެއް ހޫނު ގަދަ ތަންތަނަށް ވެގެންދެ އެވެ.

ޖޯޑާއަށް، ހޫނުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އާންމުކޮށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެނީ ހަކުރު ބަލީގެ ސަބަބުން ނޭވާލުމަށް އުނދަގޫވެ، އޭނާ އެންމެ ލޯބިވާ ހެއާ ސްޓައިލިންގެ ވަޒީފާ ދޫކޮށްލަން ޖެހި، ގެއިން ބޭރަށް ދެވޭ މިންވަރު ވެސް ވަނީ މަދުކުރަން ޖެހިފަ އެވެ.

ކޮންމެ ފަދަ ވަގުތެއްގައި ވެސް ނޭވާހިއްލުމުގެ އުނދަގުލާ ކުރިމަތިވެދާނެ. ހޫނު މޫސުމުގައި، ފްލެޓުގެ އެތެރޭގައި ވެސް އަދި ބޭރުގައި ވެސް އަރާމެއް ނުކުރެވޭނެ. އަހަރެން ދިރިއުޅެނީ ބިރުވެރިކަމެއްގެ ތެރޭގައި،" ނިމްރާ ބުންޏެވެ. "މިއީ ދިރިއުޅުމެއް ނޫން."

ހާއްސަކޮށް އޭނާގެ އަވަށްޓެރިންނަކީ ހޫނުގެ އިހުސާސްވުމުގެ ފުރުސަތު ބޮޑު ބައެކެވެ. 4 އާތް އިންޓެލިޖެންސްގެ ހީޓް ހަޒާޑް ސްކޭލްއަށް ބަލާއިރު، ޖޯޑާގެ ޕޯސްޓްކޯޑް އޭރިއާއަކީ 5 އެވެ. މިދިޔަ ޖުލައި މަހުގެ އެއް ދުވަހު، އޭނާ ދިރިއުޅެމުން ދިޔަ ސަރަހައްދަކީ ކައިރީގައި ހުރި ޕާކަކަށް ވުރެ 5 ޑީގްރީ ހޫނު ގަދަ ސަރަހައްދެކެވެ.

އިނގިރޭސިވިލާތުގެ ހޫނުވާނެ ކަމަށް ލަފާކުރާ ސަރަހައްދުތައް.

ބީބީސީގެ ދިރާސާތަކުން ދައްކާ ގޮތުގައި ހޫނު މޫސުމުގެ ދުވަސްވަރު އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ހަ މިލިއަން މީހުން ހައިހޫނުކަމުގެ ނުރައްކާ އޮތް ކަމަށް ދައްކަ އެވެ. އަދި އެ ހާލަތު އިތުރަށް ގޯސްވުން ވެސް އެކަށީގެންވެ އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ހޫނުމިން މަތިވަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި އާންމުކޮށް ހީޓްވޭވްތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

ގަދަ ހޫނުގެ ސަބަބުން ކޮންމެ މީހަކަށް ވެސް ނުރައްކާތެރި މިންވަރަށް ހޫނު ގަދަވުމާއި ހީޓް ސްޓްރޯކް ޖެހުން، އަދި ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި ބައެއް މީހުންނަށް އެހެން އަސަރުތައް ކުރުން އެކަށީގެންވެ އެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ގްލޯބަލް ހެލްތު އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ޕްރޮފެސަރެއް ކަމަށްވާ އެންތަނީ ކޮސްޓެލޯ ވިދާޅުވާ ގޮތުގައި "ވަރަށް ބޮޑަށް ވަރުބަލިވެ ނުވަތަ ބޮޑެތި ބަލިތައް ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޫނުގެ އަސަރުކުރާ މިންވަރު ބޮޑުވާނެ ކަމަށެވެ.

މެޓް އޮފީހުން ދެކުނު ސްކޮޓްލެންޑަށް ދިން އިންޒާރުގެ މުއްދަތު ހޯމަ އަދި އަންގާރަ ދުވަހު އިތުރުކޮށްފައިވާ އިރު، އިންގްލެންޑްގެ އެލާޓް ފުރަތަމަ ފަހަރަށް ރަތް ކުލައަށް ވަނީ އަރައިފަ އެވެ.

އިނގިރޭސިވިލާގެ ބަކިންހަމް ޕެލަސްގައި ގެންގުޅޭ އަހެއްގެ ބުރަކައްޓަށް އެތަނުގެ ގާޑަކު ފެން އަޅަނީ. ފޮޓޯ: ބީބީސީ

އާދީއްތަ ދުވަހު އިންގްލެންޑާއި ވޭލްސްގެ އެކި ހިސާބުތަކުގައި ހޫނުމިން 30 ޑިގްރީއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ފްލިންޓްޝަޔާގައި 33 ޑިގްރީގެ ހޫނުމިން މަތިވެފައިވެ އެވެ. މިއީ އިނގިރޭސިވިލާތުގެ އަހަރުގެ އެންމެ ހޫނު ގަދަ ދުވަހެވެ.

ހޯމަ ދުވަހު 41 ޑިގްރީއަށް މި ހޫނު މިން މަތިވާނެ ކަމަށް ލަފާކުރާއިރު، މިއީ އިނގިރޭސިވިލާތަށް ރެކޯޑް އަދަދަކަށް ވާނެ އެވެ. މިހާރު ރެކޯޑް އޮތީ 2019 ވަނަ އަހަރު ކެމްބްރިޖްގަ އެވެ. އެއީ 38.7 ޑިގްރީ އެވެ.

އެ ދުވަސްތަކުގައި ދީފައިވާ އެމްބާ އިންޒާރުގެ މުއްދަތު އިތުރުކޮށް، މިހާރު އިންގްލެންޑްގެ އެހެން ހިސާބުތަކަށް ވެސް އަދި ވޭލްސް އާއި ދެކުނު ސްކޮޓްލެންޑްގެ ހުރިހާ ހިސާބަކަށް ވެސް ވަނީ ހިމަނައިފަ އެވެ.

އެމްބަ އިންޒާރަކީ ބައެއް މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވުމާއި ގަވައިދުން މަސައްކަތްކުރާ މީހުންނަށާއި އައްސޭރިފަށާއި، ކުޅިތަކާއި، ކޯރުތަކަށް ދާއިރު، ފެނުގެ ނުރައްކާތެރިކަމުގެ ހާދިސާތައް އިތުރުވުމާއި ދަތުރުފަތުރު ލަސްވެދާނެތީ ނެރޭ އިންޒާރެކެވެ.

މެޓް އޮފީހުން ހޯމަ އަދި އަންގާރަ ދުވަހަށް ރަތް ކުލައިގެ ހީޓް އެލާޓް ނެރެފައި ވާއިރު، މިއީ އެންމެ މަތީ ފަންތީގެ އެލާޓެވެ. މި އެލާޓް ނެރެފައި ވަނީ ލަންޑަން، މެންޗެސްޓާ އަދި ޔޯކް ހިމެނޭ ސަރަހައްދަށެވެ. މިއީ މިދިޔަ އަހަރު ހޫނުގެ ނިޒާމު ބޭނުންކުރަން ފެށި ފަހުން އިންޒާރު ނެރުނު ފުރަތަމަ ފަހަރެވެ.

އެޑިޓަރުގެ ނޯޓް: މިއީ ބީބީސީގެ ހެރިއެޓް ބްރެޑް ޝޯވް އާއި ރޮބް އިންގްލަންޑް އަދި ޑިއާޑީ ފިނަޓީ ލިޔުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާ އެކެވެ.