ކީވް (23 ޖުލައި)- މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ އަތްދަށަށް ދިޔަ ޔޫކްރެއިންގެ ބިންތައް ހޯދާފައި ނޫނީ އަމާން ނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ވޯލް ސްޓްރީޓް ޖާނަލްއަށް ދިން އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ ބިންތައް ރަޝިއާއިން ކޮންޓްރޯލްކުރާ ގޮތަށް ވެވޭ އެއްބަސްވުމަކީ މިއަށްވުރެ ވެސް ބޮޑު ހަނގުރާމައަކަށް މަގުފަހި ކުރުވާނެ ކަމެއް ކަމަށެވެ.
މި އިންޓަވިއުގައި ޒެލެންސްކީ ވަނީ އެމެރިކާއިން ޔޫކްރެއިންއަށް ފޮނުވި ދުރު ރާސްތާ މިސައިލްތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.
އޭނާ ވިދާޅުވީ އެ މިސައިލްތަކީ ޔޫކްރެއިންއިން ބޭނުންވާ ވަރަށްވުރެ ނިސްބަތުން ކުޑަ ހަތިޔާރުތަކެއް ކަމަށެވެ.
"ސުލްހައިގެ މަޝްވަރާތަކަށް ދާނަމަ ރަޝިއާއިން ޖެހޭނީ އަހަރުމެންގެ (ޔޫކްރެއިންގެ) ބިންތައް ދޫކޮށްލަން. މަޝްވަރާއަށް ފުރުސަތު އޮތީ ހަމައެކަނި އެގޮތުގެ މަތިން،" ޒެލެންސްކީ ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ޒެލެންސްކީ ވަނީ ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު ވެވުނު ގޮވާމުގެ ވިޔަފާރިއާ ބެހޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މި އެއްބަސްވުމަކީ ވަގުތީ ހައްލެއް ކަމަށާއި ދިގު މުއްދަތުގެ ހައްލެއް އަދި ހޯދިފައިނުވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
މި ދެގައުމުން ވަނީ ޔޫކްރެއިންގެ ބްލެކް ސީ ގޮވާމުގެ އެކްސްޕޯޓް ހުޅުވާލުމުގެ އެއްބަސްވުމެއްގައި ހުކުރު ދުވަހު ސޮއި ކޮށްފަ އެވެ. -- އަލް އަރަބިއްޔާ
ކަލޭ އަމާން ދެންޏާ ދޭންވީ، ނުވަތަ އިސްތިއުފާ ދެންޏާ ދޭންވީ! ރަޝިޔާ ދެން އެ ބިންތަކެއް ދުލެއް ނުކުރާނެ!
ޜަޔިތުންނަށް ވަރަށް ބޮޑު ދޯކާއެއް ތިދެނީ ޒެލެންސްކީ! އެމެރިކާއަށް ހަތިޔާރު ވިއްކާ ދެނީ