ސުކޫލް ދަރިވަރަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި އިންޑިއާ ޓީޗަރަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މާލޭގައި އުމުރުން 15 އަހަރުގެ ކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު ހުށައަަޅާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ 52 އަހަރުގެ ފިިރިހެނަކު ވަނީ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާ ހައްޔަރު ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފުލުުހުން ބުނީ މި މައްސަލަ ސީރިއަސް ކޮށް ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްކަންދަރު ސުކޫލުގައި މަސައްކަތް ކުރާ މި ޓީޗަރަކީ އެފިރިހެން ކުއްޖާގެ ޓިއުޝަން ޓީޗަރެވެ

ހައްޔަރު ކުރި އިންޑިއާ ޓީޗަރު އިސްކަންދަރުގެ ގިނަ ކުދިންތަކަކަަށް ގްރޫމް ކޮށް ޖިންސީ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތު އެބައޮތެވެ.