ލިވާތުކޮށް އެއްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރުކުރަން ފަށައިފި އެވެ.
ސަރުކާރުން މި މީހުން ހައްޔަރު ކުރަން ފަށާފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއާ އެކު އެއްޖިންނސުން ގުޅުން ހިންގާ ލިވާތު ކޮށްފައިވާ ވީޑިއޯ ތަކެއް އާއްމު ވެފައިވަނިކޮށް އެ ފަރާތްތައް ހައްޔަރު ކުރުމަށް ރައްޔިތުން ގޮވާލަމުންދާތާ އެތައް ދުވަހެއް ފަހުންނެވެ.
ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.
އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކާނަލް ނަޝީދު ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އަލަމްގީރްއާ އެކުގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ އިތުރު މީހުން ވެސް ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ.
އެގޮތުން، ކާނަލް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރު ކުރަން ވެސް ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މާދަމާާ ތި އެންމެން ހެކިނެތިގެން ދޫވާނެ ކަމައް ފެނޭ މީ މިޤައުމުގެ ހާލަތަކީ