އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުން އެއް ގޮޅިއަކަށް ނުލުމަށް ޖަމްޢިއްޔަތުއް ސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒް ވިދާޅުވެއްޖެ އެވެ.

އޭނާާ މިހެން ވިދާޅުވެފައިވަނީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް އެމްޑީ އަލަމްގިރިއާއެކު އެ އަމަލުގައި ބައިވެރިވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ޢަބްދުއްސައްތާރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ކާނަލް މުޙައްމަދު ނަޝީދު ހައްޔަރުކޮށްފައިވަނިކޮށެވެ.

އެ ދެމީހުންގެ އިތުރުން އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ ވީޑިއޯ އާންމުވި އެހެން ބަޔަކުވެސް ހައްޔަރުކޮށްފައިވެ އެވެ.

އެމީހުން ހައްޔަރު ކުރަން ފެށުމާއި ގުޅިގެން އަލީ ރަމީޒް ވަނީ، އެފަދަ މީހުންނަކީ، މުޅި ދުނިޔެއަށް ހުރި ބަލާ އާފާތެއް ކަމަށް ވިދާޅުވެފަ އެވެ. އަފި އެފަދަ މީހުން ހައްޔަރުކުރާއިރު، އެއް ގޮޅިއަކަށް ނުލުމަށް އަލީ ރަމީޒު ގޮވާލައްވާފައިވެ އެވެ.

''ނަމަނަމަ ލިވާތު ކުރި އެންމެން އެއް ގޮޅިއަކަށް ނުލާތި،'' އަލީ ރަމީޒު ވިދާޅުވި އެވެ.

ސޯޝަލްމީޑިއާގައި މީގެ ދުވަސްތަކެއް ކުރިން އާންމުވި ވީޑިއޯގައި ފެންނަ އަލަމް ގީރް ވެސް ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ.