ބަންގްލަދޭޝްގެ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)ގެ ބަންދަށް 7 ދުވަސް ޖަހައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި 45 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަޝީދު އަލަމްގިރި ދިރިއުޅުނު ކޮޓަރިއަށް ގޮސްހުރި މަންޒަރު ފެންނަ ފޮޓޯއެއް ޖޫން މަހުގައި ލީކުވުމުން ފޮޓޯއިން ފެންނަނީ އޭނާ ކަމަށާއި، އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމުގައި އޭނާ ބުންޏެވެ. އަދި އޭނާ އެފަދަ އަމަލެއް ނުހިންގާ ކަމަށްވެސް ބުންޏެވެ. ނަމަވެސް ފަހުން ނަޝީދުގެ ވީޑިއޯވެސް ވަނީ ލީކުވެފަ އެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުސް އޮފިސަރަކާއު ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. ނާޒިމްގެ ބަންދަށް ޖެހީ ހަތް ދުވަހުގެ މުއްދަތެވެ.