ވަރަށް ޅައުމުރުގައި ނުރަ ޖެހުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. އެކަމުގެ ސަބަބުން ރައްޓެހިންގެ މަލާމާތް ވެސް އަމާޒުވާ ކަމެކެވެ.

އެހެންކަމުން މިފަހަރު މި ގެނެސްދެނީ މިގޮތަށް އަވަހަށް ނުރަ ޖަހާ މީހުންނަށް އިސްތަށިގަނޑަށް ދެވިދާނެ ރަނގަޅު ފަރުވާއެކެވެ. ޚާއްސަ ހެއާ ޕެކް އެކެވެ.

މި ހެއާ ޕެކް ތައްޔާރުކުރުމަށް ބޭނުންވާނީ ހީނާ ފަތް، އާމްލާ ޕައުޑަރު، ކޮފީ ޕައުޑަރު އަދި ޔޯގަޓެވެ. މި ޚާއްސަ ހެއާ ޕެކްގައި މި ހިމެނޭ މައިގަނޑު ބާވަތްތަކަކީ އޭގެ ގިނަ ގުނަ ފައިދާތައް ހަށިގަނޑަށް ކުރާނެ އެއްޗިއްސެވެ. މިސާލަކަށް ހީނާ ފަތަކީ އިސްތަށިގަނޑަށް ވަރަށް ގިނަ ފައިދާ ލިބޭ އެއްޗެއްކަން މާކުރިން ސުރެ ވެސް އެންމެން ދަނެ އެވެ.

އިސްތަށިގަނޑު ވަރުގަދަ ކުރުމަށާއި ކުލަ ރީތިކުރުމަށް ހީނާފަތް ބޭނުންކުރާތާ އެތައް ގަރުނެއް ވެއްޖެ އެވެ. ހީނާފަތުގެ އެންމެ މުހިއްމު ސިފަޔަކީ އިސްތަށިގަނޑަށް ގެއްލުން ލިބޭ ކަހަލަ އެއްވެސް ކެމިކަލެއް އެކުލެވިފައިނުވާތީ އިސްތަށިތަކާއި އޭގެ ބުޑުތައް ވަރުގަދަކުރެވި ރައްކާތެރި ކުރެވޭތީ އެވެ.

އަދި މި ހެއާ ޕެކްގައި ހިމަނާފައިވާ ތަކެތީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ކާނާ ލިބި، އިސްތަށިތަކުގެ ތެތްކަން ވެސް ހިފެހެއްޓޭނެ އެވެ.

ބޭނުންވާ ތަކެތި

  • 3-4 ހީނާފަތް
  • 1 ސައި ސަމުސާ އާމުލާ ޕައުޑަރު
  • 1 މޭޒުމަތީ ސަމުސާ ކޮފީ ޕައުޑަރު
  • 2 ސައިސަމުސާ ޕްލެއިން ޔޯގަޓް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ހީނާފަތްތައް ރަނގަޅަށް މުގުރާށެވެ. ރަނގަޅަށް ހިމުންވުމުން ދެން ހުރި ތިން ބާވަތް އަޅައި ޕޭސްޓްގަނޑެއް ތައްޔާރުކޮށްފައި ބޮލުގެ ނާށިގަނޑާ އެކު އިސްތަށިގަނޑުގައި ރަނގަޅަށް ހާކާށެވެ. ޝަވާ ކެޕަކުން އިސްތަށިގަނޑު ރަނގަޅަށް ކަވަރުކުރާށެވެ. އަދި 20-25 މިނިޓް ވަންދެން ބެހެއްޓުމަށްފަހު އެހާ ބާރުގަދަ ނޫން ޝޭމްޕޫއަކުން ދޮވެލާށެވެ.

އިސްތަށީގައި ހީނާފަތުން ތައްޔާރުކޮށްފައިވާ ޕޭސްޓް ހާކަނީފިހާރަތަކުން ގަންނަ އެކި ފާޑުގެ ކެމިކަލްތައް އަޅާފައި ހުންނަ ބާވަތްތައް އުނގުޅުމުގެ ބަދަލުގައި މި ހެއާ ޕެކް މާ ރަނގަޅުވާނެ އެވެ. އަދި މަހަކު ދެ ފަހަރަކު ނުވަތަ އެއްފަހަރު މި ހެއާ ޕެކް ބޭނުންކޮށްލުމުން އިސްތަށިގަނޑުން ނުރަތައް ފާޅުވާތީ އުޅޭކަށް ނުޖެހޭނެ އެވެ.