ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
މި މައްސަލާގައި ކުރިން ޕާސްޕޯޓް ހިފެހެއްޓީ ފުރަތަމަ ލީކުކޮށްލި ވީޑިއޯގައި ހިމެނޭ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ (ކާނަލް)ގެ އިތުރުން ނޫސްވެރިޔާ އަބްދުﷲ ނަސީރާއި އަދި އެ މައްސަލާގައި ދެން ހައްޔަރުކުރި ފުލުސް މީހާގެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލަމްގީރާއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަަމަށެވެ.
ގިނަ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެ އިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އަންނަނީ އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ސަރުކާރުގެ އެކި މަގާމްތަކުގައި އުޅޭ ނަމަ މުއައްސަސާތަކަށް ތަހުގީގު ހިނގާކަން އަންގަމުންނެވެ.
މިހާތަނަށް މުދިމަކާއި، ގުރުއާނާއި ބެހޭ މަރުކަޒުގެ އިސްވެރިޔަކާއި، ސިފައިންގެ މީހަކާއި، ކަސްޓަމްސްގައި މަސައްކަތް ކުރާ ދެ އޮފިސަރެއްގެ އިތުރުން ޓީޗަރެއް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެ މީހުން ސަސްޕެންޑް ކޮށްފައިވަނީ ތަހުގީގަށް ލިބިފައިވާ ވީޑިއޯތަކުގެ އެނަލަސިސް ހެދުމަށް ފަހު، އެ މީހުންނަށް އެފަދަ ތުހުމަތުތަކެއް ކުރެވޭތީ އެކަން ފުލުހުންގެ ފަރާތުން އެ އިދާރާތަކަށް ހިއްސާ ކުރުމުންނެވެ.
ބައެއް މީހުން ސަަސްޕެންޑް ޢަނެއްބައި މީހުން ވަޒީފާއިން ވަކިކުރަނީ މިވާގޮތެއް ނޭންގޭ.