މީސްމީޑިއާގައި މީގެ ކުރިންވެސް ބަރަހަނާވަމުންދާ ގ.ކަމަރާގޭ ޢުމުރުން 36 އަހަރުގެ މުޙައްމަދު ނަބީލް (ޔާޔާ) އަނެއްކާވެސް ބަރަހަނާ މަންޒަރުތައް އާއްމު ކުރަން ފަށާއިފި އެވެ.

މިފަހަރު އޭނާ ބަރަހަނާ މަންޒަރުތައް ޓުވިޓާގައިވެސް ފާޅުކަންބޮޑުކޮށް ފަތުރާ، މިކަން ހައްދު ފަހަނައަޅާފައިވާއިރު ފުލުހުންގެ ފަރާތުން މިކަމާމެދު އެއްވެސް ފިޔަވަޅެއް އަދި އަޅާފައެއް ނުވެ އެވެ. މިގޮތަށް އޭނާ ވީޑިއޯތަކާއި ފޮޓޯތައް އާއްމުކުރާތާ މަހެއްހާ ދުވަސްވެއްޖެ އެވެ.

މިކަމާ ގުޅިގެން ނޫސްތަކުންވެސް ވަނީ ތަކުރާރުކޮށް ފުލުހުންނާ ސުވާލުކޮށްފަ އެވެ. އަދި އެއްވެސް ޖަވާބެއް ނުލިބުމުން ނޫސްތަކުން މިކަމާގުޅޭގޮތުން ރިޕޯޓްތައްވެސް ލިޔުނެވެ.

މިއަދު ފުލުހުން ވަނީ ނަބީލް ބަރަހަނާވާ މަންޒަރު އާއްމުކުރުމާ ގުޅިގެން ވަރަށް ޒިއްމާދާރުކަން ކުޑަ ޖަވާބެއް ދީފަ އެވެ.

ފުލުހުން ބުނީ "އާންމު މިންގަނޑާ ހިލާފު ފޮޓޯތަކެއް އާންމުކޮށްފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ."

މީގެ ކުރިން ޓިކްޓޮކްގައި އޭނާ ބަރަހަނާވެ ވީޑިއޯ އާއްމުކުރުމުން އެފަހަރުވެސް ގިނަ ބައެއްގެ އަޑުއުފުލުންތަކާ އެކު އޭނާ ހައްޔަރު ކުރި އެވެ. ކޯޓުގައި ޔާޔާ ބުނެފައިވަނީ އެ ވީޑިއޯތަކުގައި ފެންނަނީ އޭނާ ނޫންކަމަށާއި އެއީ އެޑިޓެއް ކަމަށެވެ.