އެކި މީހުންނަށް ޖިމްއަށް ދާން ފަސޭހަ ވާނީ އެކި ގަޑިތަކުގަ އެވެ. ވަޒީފާގެ ގޮތުންނާއި އެހެން ސަބަބުތަކާ ހުރެ އެކި މީހުންނަށް ދެވޭނީ ވެސް އެކި ގަޑިތަކުގަ އެވެ. ނަމަވެސް ޖިމްއަށް ދިއުމުގެ ނަތީޖާ އެންމެ ރަނގަޅަށް ފެންނާނީ ހެނދުނު ގޮސްގެން ކަމަށް މާހިރުން ބުނެ އެވެ. ސަބަބުތަކަށް ބަލާލާނަމެވެ.

ސަރުބީ ވިރުވުން އަވަސްކޮށްދޭ

ހެނދުނުގެ ނާސްތާގެ އެއްގަޑިއިރު ކުރިން ޖިމްއަށް ގޮސް ކަސްރަތު ކުރުމަކީ ސަރުބީ ވިރުވުން އަވަސްކޮށްދީ ބަރުދަން ލުއިވުން އަވަސް ކޮށްދޭނެ ކަމެކެވެ.

އެއްގޮތެއްގައި ސާބިތުވެ ހުރެވޭ

ޖިމްއަށް ދިއުމަކީ ތިބާގެ ދުވަހުގެ ތާވަލުގެ އެންމެ ކުރީގައިވާ ކަން ކަމަށް ވާނަމަ ކޮންމެ ދުވަހަކު ވެސް އެކަން ކުރެވުން ގާތް ކަމަށް މާހިރުން ވިދާޅުވެ އެވެ.

ހަކަތަ އިތުރުކޮށްދޭ

ނިދާ ހޭލުމަށްފަހު ކަސްރަތު ކުރުމަކީ ތިބާގެ ހަށިގަނޑު ނިދިން ހޭލައްވައިދީ ދުވަހުގެ މަސައްކަތަށް މީހާ ތައްޔާރު ކޮށްދޭނެ ކަމެކެވެ.

ނިދަން ފަސޭހަވޭ

މިކަމާ ގުޅޭގޮތުން ހެދި ދިރާސާއެއްގައި ބުނާގޮތުން ހެނދުނު ހަތެއް ޖެހުމުގެ ކުރިން ކަސްރަތު ކުރާ މީހުންގެ ނިދި ރަނގަޅުވެފައި ގިނައިރު ނިދެ އެވެ.