ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރިއާއެކު ގިނަ ފިރިހެނުން އެންޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ބޭނުންކޮށް، ބްލެކުމެއިލްކޮށް ބިރުދެއްކި މައްސަލަ އާ ގުޅިގެން ފުލުހަކު ސަސްޕެންޑުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ސަސްޕެންޑުކޮށްފައި ވަނީ ފުލުހުންގެ ޕްރޮޓެކްޓިވް ޑިޕާޓުމަންޓުގައި މަސައްކަތްކުރަމުން ދިޔަ ސާޖެންޓު އިބްރާހިމް ހަނީފު އެވެ.

އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑު ކޮމާންޑުން ތަހުގީގުކުރުމަށްފަހު އޯގަސްޓު 24 ވަނަ ދުވަހު ބޭއްވި ޑިޒިޕްލިނަރީ ބޯޑުގައި ދެންނެވުމުން، އެ ބޯޑުން އޭނާ ސަސްޕެންޑުކުރަން ވަނީ ނިންމާފަ އެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތައް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލްކޮށް އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުން އަންނަކަން ވަނީ ފާހަގަކުރެވިފަ އެވެ. ނަމަވެސް ބްލެކް މެއިލްގެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.