ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުގައި އޮސްޓްރޭލިއާގެ އަޖްލާ ޓޮމްލިޖަނޮވިކްގެ އަތުން ބަލިވެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސްގެ ޓެނިސް ކެރިއަރު ނިމުމަކަށް އަންނަން ގާތްވެއްޖެ އެވެ.
23 ފަހަރު ގްރޭންޑް ސްލޭމް ސިންގަލްސް ހޯދާފައިވާ ސެރީނާ ވަނީ މީގެ ކުރިން މި މުބާރާތަށް ފަހު ޓެނިހާ ދުރަށް ދާނެ ކަމަށް ބުނެފަ އެވެ.
މެޗަށް ފަހު އީއެސްޕީއެންއާ ވާހަކަ ދައްކަމުން ސެރީނާ ބުނީ އޭނާގެ ނިންމުން ބަދަލުވުން ވަރަށް ނާދިރު ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭ ކަމަށެވެ.
އެ އިންޓަވިއުގައި ސެރީނާ ވަނީ އޭނާގެ މައިންބަފައިންނަށާއި އެއްބަނޑު އެއްބަފާ ދައްތަ ވީނަސް ވިލިއަމްސްއަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.
މި މުބާރާތުން ސެރީނާ ބަލިކުރި އަޖްލާ ބުނީ ސެރީނާއާއެކު މެޗެއް ކުޅުމަކީ އޭނާގެ އަބަދުގެވެސް ހުވަފެނެއް ކަމަށާއި ޓެނިހަށް ސެރީނ ކޮށްދީފައިވާ ހިދުމަތްތަކަކީ އަގުނުކުރެވޭނެ ހިދުމަތްތަކެއް ކަމަށެވެ.
ޓެނިހުގެ ދުނިޔެއިން ސެރީނާ ވަކިވުމަކީ އެކުޅިވަރަށް ލިބޭ ވަރަށް ބޮޑު ނިކަމެތުކަމެއް ކަމަށާއި ކޯޓުތަކުން ސެރީނާ ނުފެންނަކަމުގެ ފަޅު ފިލުވުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
އެމްޑީޕީއަށް ރަނގަޅީ ދެ ރައީސުން ވެސް ވާދަނުކުރުން: ނަޝީދު
ޕޮލިޓިކަލް ޑިރެކްޓަރު އަތީފް ލޯނު ދައްކަން ހުކުމެއް
ޓިމޮތީއާއި ކައިލީގެ ގުޅުމުގައި ހަރުކަށި ގަވާއިދުތަކެއް!