އައިޝްވާރްޔާ ރާއީއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ ދިވެއްސަކުވެސް މަދުވާނެ އެވެ. އޭނާގެ ހުނަރުން އެތައް ބަޔެއްގެ ހިތްތައް އަތުލާފައިވާ އައިޝްވާރްޔާއަކީ އޭނާގެ ރީތިކަމަށް ވެސް ތައުރީފު ލިބެމުން އަންނަ ފަންނާނެކެވެ.

އެހެން ކަމުން އައިޝްވާރްޔާއާ ސިފަ އެއްގޮތް މީހުން ވެސް ވެފައިވަނީ އާއްމުންގެ މެދުގައި މަގުބޫލު ފަރާތްތަކަކށެވެ. އެންމެ ފަހުން އިންޓަނެޓްގެ ސަމާލުކަަމަށް އައިސްފައި މިވަނީ އައިޝްވާރްޔާއާ ވައްތަރު ކަމުން މީހުން ހައިރާން ކުރުވަމުން އަންނަ އިންޑިއާގެ އާޝިތާ ސިންގް ނަމަކަށް ކިޔާ އަންހެނެކެވެ.

https://www.instagram.com/p/Ch6UMuGAuH-/

އާޝިތާގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ބައެއް މީހުން އަންނަނީ އާޝިތާއަކީ "އައިޝްވާރްޔާ ޕްރޯ މެކްސް" ކަމަށް ވެސް ބުނަމުންނެވެ.

އައިޝްވާރްޔާއާ ވައްތަރު ވުމުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެފައިވާ ކަމަށާއި މިހާރު ބޭރު ތެރެއިން ވެސް އައިޝްވާރްޔާ ކަމަށް ހީކޮށް ގިނަ ބަޔަކު އޭނާއާއެކު ފޮޓޯ ނަގަން އެދޭ ކަމަށް އާޝިތާ ބުނެ އެވެ.

https://www.instagram.com/p/Ch1s7upAxfp/

މިއީ އައިޝްވާރްޔާއާ ސިފަ އެއްގޮތް މީހަކު އިންޓަނެޓްގެ ސަމާލުކަމަށް އައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ސްނެހާ އުއްލަލް، މަނާސީ ނައިކް އަދި އާމްނާ އިމްރާންއަކީ ވެސް މި ސަބަބަށްޓަކައި އިންޓަނެޓްގައި މަގުބޫލުވި ފަރާތްތަކެވެ.

2001 ވަނަ އަހަރު މިސް ޔުނިވާސްގެ ލަގަބު ހޯދާފައިވާ އައިޝްވާރްޔާ ވަނީ އިންޑިއާގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ދެން އޭނާ އެންމެ އަަވަހަށް ފެންނާނީ މަނީ ރަތްނާމްގެ ތަމަޅަ ފިލްމު ޕޮންނިއަން ސެލްވަންއިންނެވެ.