ކީވް (10 ސެޕްޓެމްބަރު) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ މައްޗަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ލިބެމުން އަންނަ ކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އެގޮތުން ރަޝިއާއިން ދިގު މުއްދަތަކަށް ހިފާފައިވާ ކުޕިއަންސްކް އަވަށަށް ޔޫކްރެއިންގެ ސިފައިން ވަދެ އެ އަވަށް ފަތަހަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އަސްކަރިއްޔާއިން ބުނެ އެވެ.

އޭގެ އިތުރުން ވެސް އިރުމަތީ ޔޫކްރެއިންގެ 30 އަށްވުރެ ގިނަ ސަރަހައްދުތަކަށް ޔޫކްރެއިން ސިފައިން ވަދެ ރަޝިއާގެ ސިފައިންނާ ކުރިމަތި ލަމުންދެ އެވެ.

ޔޫކްރެއިންގެ ސްޕެޝަލް ފޯސަސްގެ ސޯޝަލް މީޑިއާ ޕޭޖުގައި ބުނެފައިވަނީ ކުޕިއަންސްކްއަކީ ޔޫކްރެއިންގެ ރަށެއް ކަމަށާއި އެކަން އަބަދު ވެސް އޮންނާނީ އެގޮތުގައި ކަމަށެވެ.

ރަޝިއާއިން ކުޕިއަންސްކް ހިފާފައިވަނީ ފެބްރުއަރީ މަހު އެގަމުން ޔޫކްރެއިންއަށް އެރިތާ ގާތްގަނޑަކަށް ހަފްތާއެއް ފަހުންނެވެ. މި ސަރަހައްދު ޔޫކްރެއިނުން ފަތަހަކޮށްފި ނަަމަ އެކަން ވެގެން ދާނީ ރަޝިއާއަށް ލިބޭ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން އަންނަނީ މަޑުމަޑުން އެގައުމުގެ އިރުމަތީ ސަރަހައްދުތަކަށް ޖެހެމުންނެވެ. -- އަލް އަރަބިއްޔާ