އުމުރުން 96 އަހަރުގައި މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ބޭނުން ކުރެއްވެވި ކަމަށް ބުނެވޭ ސައިފަތް ޕެކެޓެއް 12،000 އެމެރިކާ ޑޮލަރަށް ވިއްކާލަން އީބޭގައި ޖަހައިފި އެވެ.

ބުނެވޭ ގޮތުގައި މި ސައިފަތް ޕެކެޓަކީ 1998 ވަނަ އަހަރު އެލިޒަބަތު ސައިފޮދު ހިއްޕެވުމަށް ބޭނުން ކުރެއްވެވި ސައިފަތް ޕެކެޓެކެވެ. މި ޕެކެޓް ވަނީ ބަކިމްހަމް ޕެލެސްއަށް ޒިޔާރަތްކުރި އޮފިޝަލުންތަކެއް ވަގަށް ނަގައިފަ އެވެ.

އީބޭގައި މި ސައިފަތް ޕެކެޓު ވިއްކާލަން ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވަނީ އެއީ އެލިޒަބަތު ބޭނުން ކުރައްވާފައިވާ ސައިފަތް ޕެކެޓެއް ކަމަށާއި މި ސައިފަތް ޕެކެޓާއެކު ތާރީހީ އައިޓަމްއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށެވެ.

މި ސައިފަތް ޕެކެޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދާ މީހުންނަށް އެ ވިއްކާލަން ޖަހާފައިވާ ފަރާތުން އަރުވާ ޔަގީން ކަމަކީ އެ ޕޯސްޓުގައިވާ މައުލޫމާތަކީ ސައްހަކަން އަންގައިދޭ ސެޓްފިކެޓެކެވެ. މި ސެޓްފިކެޓަކީ އިނގިރޭސި ވިލާތުގެ އިދާރާއަކުން ދޫކުރާ ސެޓްފިކެޓެކެވެ.

ބުރާސްފަތި ދުވަހު އެލިޒަބަތު އަވަހާރަވުމާއެކު އެކަމަނާއަށް ނިސްބަތްވާ އެކި އެއްޗެހި ނީލަމުގައި ވިއްކަން ވަނީ ޖަހާފަ އެވެ. މި ސައިފަތް ޕަކެޓުގެ އިތުރުން އެކަމަނާގެ ވެކްސް ސްޓެޗޫތަކެއް ވެސް ވަނީ ވިއްކަން ޖަހާފަ އެވެ.